logoEN
ޕީއެންސީ 2
ރައީސް އަންނަ އާދީއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ

ރައީސް އަންނަ އާދީއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ

# ފަރެސްމާތޮޑާ

363f33a1-462a-49f9-81f4-0389eea32ae8

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޝަރީ 2024

ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެރަށުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސް އެރަށަށް ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޖަލްސާގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅިގެން އެ ރަށުގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށާއި އެއީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި މި ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.

މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެން މިހާރު ކުރިޔަށް ދާ ވޯލްޑް ކަޕުގެ މެޗުތަށް ބައްލަވާލެއްވުމަށް ގަތަރަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ