
މިއަހަރު 18 ރިސޯޓެއް ހުޅުވައި، އިތުރު 5062 އެނދު މާކެޓަށް ނެރެނީ
# ފަތުރުވެރިކަން# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު# ރިޔާސީ ބަޔާން5-1
މިއަހަރުގެ ތެރޭ ރާއްޖޭގެ މާކެޓަށް 5062 އެނދު އިތުރުކުރުމަށްޓަކައި އިތުރު 18 ރިސޯޓެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" އަދި މިހާރު ތަރައްޤީކުރަމުން އަންނަ ރިސޯޓްތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެކަމަށް އަންދާޒާކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ." ރައީސް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ....
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
