logoEN
cocacola
ފޮކްސެސް ބަލިކޮށް ހޮސްޕިޓަލް ފައިނަލަށް

ފޮކްސެސް ބަލިކޮށް ހޮސްޕިޓަލް ފައިނަލަށް

އަހުމަދު ޝުރާއު

logo

11/21/2022, 9:21:10 PM

# ހަރެހެރި 2022

AMN_3078

ހަރެހެރި ފުޓްސަލް މުބާރާތުގައި ފޮކްސެސް ބަލިކޮށް އޭއެސްއެމްއެޗް ރެކްރިއޭޝަނުން ފައިނަލަށް ދަތުރުކޮށްފި އެވެ.

ގޮސިޔާ

ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅެވުނު މި މެޗު އޭއެސްއެމްއެޗް އިން ކާމިޔާބުކުރީ 3-0ގެ ނަތިޖާއަކުން ފޮކްސެސް ބަލިކޮށްގެންނެވެ.

މެޗުގެ ފުުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. ފުރަތަަ ހާފުގެ 7ވަނަ މިނެޓުގައި އޭއެސްއެމްއެޗް ރެކްރިއޭޝަން ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އިދިކޮޅު ހާފު އަރިމަތިން (ޖ. 7) އިބްރާހިމް ހުސެއިން ނަގައިދިން ހުރަހަކުން މި ގޯލް ކާމިޔާބުކޮށްދިނީ (ޖ.14) އިބްރާހިމް ފާރިޝް އެވެ. އެ ގޯލަށްފަހު ފޮކްސެސް (ޖ. 12) ރާހިލް ފޮނުވާލި ބާރު ހަމަލާ އިދިކޮޅު ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ފޮކްސެސް ޓީމުގެ ނަވާޒު އަހުމަދު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ މި މެޗުގައި ރީނދޫ ކާޑު ދައްކާފައެވެ. ފޮކެސެސްގެ މި ކުށާއެކު އޭއެސްއެމްއެޗްއިން ފޮނުވާލި ހިލޭޖެހުން ފޮކްސެސްގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

ދެވަނަހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް އެޓޭކިންގ ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ދެވަނަ ހާފުގެ 15ވަނަ މިނެޓުގައި އޭއެސްއެމްއެޗްގެ (ޖ9) އިބްރާހިމް އަހުމަދު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގައިދީފައެވެ. އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން އިބްރާހިމް ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލުގެ ކަނާތްފަރާތު ތިރީ ކަނަށެވެ. އޭނާ މި މި ގޯލް ކާމިޔާބުކުރީ މި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗަށް ކުޅެން ނުކުތްތާ މިނެޓެއްގެ ތެރޭގައެވެ. މެޗު ނިމެން ދެމިނެޓަށްވެފައިވަނިކޮށް އޭއެސްއެމްއެޗް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފައިނަލުގެ ޖާގަކަށަވަރުކޮށްފައެވެ. އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ހުސެއިން ޝަރީފް ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް ގޯލް ތެރެއަށް ވަދެ މެޗެގެ ނަތީޖާ 3-0 އަށް ވަނީ ބަދަލުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބުގެ ޖ. 6، ހުސެެެއިން ޝަރީފް އެވެ.

އޭސްއެމްއެޗް ސެމީ ފައިނަލަަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޑީއާރުސީ 3-0ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

14 ޓީމަކުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖުން ކުރި ހޯދާ ދެޓީމް ނޮކްއައުޓް މެޗުތައް ކުޅޭ ގޮތަށެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ބެވަރޭޖަސް ޕާޓްނަރަކީ ޒިމަމަން ރެސްޓޯރެންޓެވެ. އަދި ބްރޭންޑިންގ ޕާޓްނަރަކީ ރާޅު އާޓްސް އެންޑް ޑިޒައިން އެވެ. ސްކޯއަޕްޑޭޓް ޕާޓްނަރަކީ ބޯޅަ އެމްވީ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ޓްރެއިނިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ