ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިކްރާމް ސަސްޕެންޝަނަށް!

އިކްރާމް ---

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑައިރެކްޓަރ އަލީ އިކްރާމް ސަސްޕެންޑުކޮށްފިއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިކްރާމް ސަސްޕެންޑުކޮށްފައިވަނީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ދެ ހަފްތާގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ ކުންފުނީގެ ބޯޑުންނެވެ.

އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އަންހެން މުވައްޒަފަށް ފޮނުވި ބައެއް މެސެޖްތައް ހިމެނެއެވެ.

އިކްރާމް ސަސްޕެންޑު ކުރި ކަމުގެ ޚަބަރުތަކެއް އިއްޔެ ވަރަށް ބޮޑަށް އާންމުވި އެވެ. ނަމަވެސް އެއީ ދޮގު މައުލޫމާތެއް ކަމަށް މީޑިއާތަކުން ވަނީ ފަހުން ރިޕޯޓުކޮށްފައިވެ އެވެ.

މިފަދަ މައްސަލައެއްގައި އޭނާ ސަސްޕެންޑު ކުރި ނަމަވެސް އިކްރާމަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް