ދާންދޫ ކުނިކޮށީގެ "ވޭސްޓް ބާނަރ" އަޕްގްރޭޑު ކުރާނެ ފަރާތެއް ހޯދަނީ

ގއ. ދާންދޫ---

ގއ. ދާންދޫ ކުނިކޮށީގައި ގާއިމްކޮށްފައިވާ "ވޭސްޓް ބަރނަރ" އަޕްގްރޭޑް ކުރާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

ދާންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުނިކޮށީގައި އެންވާރަމެންޓް މިނިސްޓްރީން ޤާއިމްކޮށްފައިވާ "ވޭސްޓް ބާރނާ" އަޕްގްރޭޑް ކުރުމަށްޓަކައި އިތުރަށް ކުރަންވެފައި ހުރި މަސައްކަތްތައް އެ އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 8 ވަނަ ދުވަހު އެ ކައުންސިލްގެ އިދާރާގައި، އެދުވަހު މެންދުރު 13:00 ގައެވެ. އަދި ބިޑް ހުށަހެޅުމުގެ ސެޝަން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ 13:00 ގައެވެ.

އެ ކައުންސިލްގެ އިއުލާނުގައި ވާ ގޮތުން، އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި އެހެންފަރާތެއް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ އެފަރާތަކާ އެކަން ހަވާލުކުރި ކަމުގެ ލިއުން ވަކިން ހުށަހަޅަންވާނެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް