logoEN
Sto top
ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރުނު ހުދު ސަމާލު ދަމަހައްޓައިފި

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރުނު ހުދު ސަމާލު ދަމަހައްޓައިފި

އަޙްމަދު ޖަމީލު

logo

11/6/2022, 11:04:40 AM

# މޫސުން# މޫސުމާއިބެހޭ ގައުމީ އިދާރާ

White Alert

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރުނު ހުދު ސަމާލު ދަމަހައްޓާފިއެވެ.

Wamco

މޫސުމާބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައި ވަނީ، މިއަދު ހެދުނު 10:15 އިން ފެށިގެން މެންދުރު 2:00 އާއިހަމައަށެވެ.

މި މުއްދަތުގައި މި ސަރަހައްދުގައި ހިމެނޭ ރަށްތަކަށް އުދަ އަރާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އުދައިގެ އަސަރުކުރަމުންދާ ސަރަހައްދުތަކުގައި ޕާކު ކުރެވިފައިވާ އެއްގަމު އުޅަނދު ފަހަރާއި އުދަ އަރާ ސަރަހައްދުތަކުގައި ހިންގާ ކެފޭ އަދި ރެސްޓޯރަންޓްތައް، އުދައިގެ ސަބަބުން ލިިބިދާނޭ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުއްވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside