logoEN
cocacola
ބާސާގެ މޮޅާއިއެކު ލީގު ޓޭބަލުގެ ދެވަނައަށް

ބާސާގެ މޮޅާއިއެކު ލީގު ޓޭބަލުގެ ދެވަނައަށް

# ލަލީގާ

ggggg

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން އެތްލެޓިކޯ ބިލްބާއޯ ގެ މައްޗަށް ކުރިހޯދައި ލީގު ޓޭބަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

ގޮސިޔާ

މިމެޗް ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނު މިމެޗް ފުރަތަމައިން ލީޑު ނެގީ ބާސާއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމް ހަފަހަރަށް ހޯދައިފައިވާ އަދި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ފުރަތަަމަ ހާފުގެ ފަށައިގެން 20 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ގޯލުގެ ތެރެޔަށް ފޮނުވާލި ހިތްގައިމު ގޯލެކުންނެވެ. މި ގޯލާއި އެކުވެސް ބާސާއިން ދިޔައީ ފުރުސަތްތައް ތަނަވަސްކޮށް އޭގެ ބޭނުން ހިފައި އެތްލެޓިކޯ ގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެއާއި އެއްގޮތަށް އެތްލެޓިކޯއިންވެސް ދިޔައީ ލިބެމުން ދިޔަ ބޯޅަތަކުގެ ބޭނުން ހިފައި ބާސާ ގެ ޑިފެންސް ލައިނަށް ނުރައްކާކުރަމުންނެވެ. ހާސަކޮށް އެޓީމުން ދިޔައީ ނުރައްކާތެރި ހުރަސްތަކެއް ބާސާ ގެ އޭރީއާ އަށް އަމާޒުކުރަމުންނެވެ.

ނަތީޖާއަކަށްވީ ދެވަނަހާފް ފަށައިގެން މާ ގިނަ އިރެއް ނުވަނީސް ނެގި ހުރަހަކުން ބާސާ ގެ ޑީފެންޑަރު ޖޯޑީ އަލްބާ ފައިގައި ޖެހިފައި ބައިކޮޅަށް ވައިން ގޯލާއިއެކު ބާސާއާއި އެއްވަރުކުރި ހިސާބުންނެވެ. މި ގޯލާއިއެކު މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވެގެންދިޔައެވެ. އަދި މުޅި ބާސާ ޓީމް ޕްރެޝަރަށް ވެއްޓި ގިނަ އެޓޭކްތަކެއް ކުރަން މަޖްބޫރުވިއެވެ . އެގޮތުން ބާސާއިން ވަނީ މެޗުގެ 74 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މިލަލީގާ ގޯލު ޖެހީ މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް އެންޓޮއިން ގްރީޒްމަން އެވެ.

ރޭ އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން މޮޅުވެ ބާސެލޯނާ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލާ އެއްވަރަށް ބާސެލޯނާ އަށް ވެސް ވަނީ 20 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ