logoEN
cocacola
ރަށުން ބޭރުގައި ސެލްޓަވީގޯ އަތުން ރެއާލްއަށް އުނދަގޫ މޮޅެއް

ރަށުން ބޭރުގައި ސެލްޓަވީގޯ އަތުން ރެއާލްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

10/20/2024, 7:06:54 AM

# ސެލްޓަވީގޯ# ލަލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އިތުރަށް އެއްމެޗު ކުޅެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.

ގޮސިޔާ

މިނަތީޖާއެކު ލީގުގައި ރެއާލް މެޑްރިޑް ބަލިނުވެ 42 މެޗުން ހަމަކޮށްފައިވާއިރު، ލީގުގައި މެޗަކުން ބަލިނުވެ 43 މެޗު ހަމަކޮށްގެން ބާސެލޯނާ އިން ހަދާފައިވާ ރެކޯޑާއި އަރައި ހަމަކުރަން ރެއާލް މެޑްރިޑުން މިހާރު ބޭނުން ވަނީ އިތުރު އެއް މެޗެވެ. އަދި ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ރެއާލް މެޑްރިޑުން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައި ނުކުންނާނީ ބާސެލޯނާއި ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު ނުވަ މެޗުގައި އޭނާ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.

ސެލްޓަވީގޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ވިލިއޮޓް ސްވެޑްބާގު އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އޮސްކާ މިންގުއޭޒާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ރެއާލް މެޑްރިޑަށް 24 ޕޮއިންޓް ލިވިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އިން ލީގުގައި ކުޅުނު 10 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ