
ބާސެލޯނާ އާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މަޔޯކާ ބަލިކޮށް ބާސެލޯނާ އިން އިތުރަށް ދެމެޗު ކުޅެ އެއްވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ލީގުގައި މަޔޯކާ އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން މޮޅުވެފައިވާއިރު، ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ލަސް ޕަލްމާސް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ.
މަޔޯކާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ވެޑާޓް މުރިކީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފްރެންކީ ޑި ޖޯން އަދި ޕައު ވިކްޓަރ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން މެޗުން ބާސެލޯނާއަށް 37 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ވަނީ 33 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ. އަދި މިމެޗުން ބަލިވި މަޔޯކާ އިން ލީގުގައި ކުޅުނު 16 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ.
ގުޅުންހުރި

އެތްލެޓިކޯ ކަޓުވާލުމަށްފަހު ކޮޕާ ޑެލަރޭ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އަމިއްލަ ދަނޑުގައި އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އެއްވަނައަށް
ފަހުގެ

"ނާމް" ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް އަބްދުއްރަހީމް ގޮވާލައިފި

އުކުޅަހު މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި

މިވަގުތާއި ހަމައަށް ޣައްޒާއިން މިއަދު 43 މީހަކު ޝަހީދުކޮށްލައިފި: އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލީ ޚާން ޔޫނުސްއިން!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
