logoEN
cocacola
އަހަރެންގެ ޝަކުވާ!

އަހަރެންގެ ޝަކުވާ!

އަލްފާ އަލީ

logo

2/1/2021, 12:00:47 PM

# ރިޕޯޓް

Untitled-1

އަހަރެންގެ މައިން ބަފައިން އަހަންނާ މެދު އަޅާ ނުލާ "ރަށް މެދަށް" ދޫކޮށްލީ އަހަރެންގެ ކުށެއް އޮވެގެނެއް ނޫނެވެ. ނަމަވެސް އެވެރިން އަހަރެން ރަނގަޅަށް ފުރާ ފުރިހަމަ ވުމުން, ތައްޔާރުކޮށް ހެދުން ލައްވާ ކޯރު ދަމާ ރީތި ކުރި އެވެ. އެކަމާ އަހަރެން ވަރަށް އުފާ ކުރަމެވެ. "އެދުވަހުގެ ރޭ" އަހަރެން އޮތީ ވަރަށް ތައްޔާރު ވެގެންނެވެ. ފެހި ކުލައިގެ ސާލެއްލައިގެން ވަރަށް ހަމަޖެހިލައިގެންނެވެ.

ގޮސިޔާ

އިރު އޮއްސުމާއެކު އެންމެންނަށް ރަނގަޅަށް ފެންނާނެހެން ވަށައިގެން އަލި ވެލައި ފީމެވެ. އެއީ އަހަރެންގެ ފުރަތަމަ ރެއަށްވެފައި އަހަރެންގެ ބޭނުން ގިނަ ބަޔަކު ބޭނުން ކުރާނެ ކަން އެނގޭތީއެވެ. ކަންވީ ވެސް ހަމަ ހީކުރިގޮތަށެވެ. އެކި އުމުރު ގެ ފިރިހެނުން ބޭނުން ވަރަކަށް ކުޅެހެދިއެވެ. އަހަރެންނާއެކު ފާޑުފާޑަށް ފޮޓޯ ނެގި މީހުން ވެސް މަދެއް ނޫނެވެ. އަހަރެން އޮތީ ވަރަށް އުފާ ވެފައެވެ. ވަރަށް ފޮނި ވެފައެވެ.

އެރެޔަށްފަހު ހަވީރުއްސުރެ ރޭގަނޑު ދަންވަންދެން ، ގަޑި ތަކަށް ބަހާލައިގެން އެވެރިން އައީ އަހަރެންގެ ބޭނުންގެ ބޭނުން ހިތުހުރިގޮތަކަށް ހިފަމުންނެވެ. ފަހުން ފަހުން އައިސް އޮބި ނޯންނަ ހިސާބަށް ވެސް ދިޔައެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނާތާ ޗުޕް ވެސް ނުކިޔަމެވެ.

ދުވަހަކަށް ފަހު ދުވަހެއް, މަހަކަށް ފަހު މަހެއް ދައުރުވެއެވެ. ކުރިން ހަމައެކަނި ހަށި ހެޔޮ ކޮށްލަން އައި އައުން ވެސް ބަދަލުވެ ވާދަވެރި ކަން ކަމަށްއްވެސް އަހަރެން ބޭނުންކުރަން ފަށައިފިއެވެ. ދެޖިންސުގެ ޒުވާނުންގެ އިތުރުން ފިސާރި ކަނބަލުން ވެސް އަހަރެންގެ ކަސްޓަމަރުންނަށް ބަދަލު ވެއްޖެއެވެ. އަހަންނާއެކު އެވެރިން ޖަހާ ސަކަރާތްތައް ބަލަން އަންނަ މީހުން އިތުރު ވެސް ވެއްޖެއެވެ. އަޑުން "އަޑު ނަގާ ފޯރި" ދިނުން އިތުރު ވެއްޖެއެވެ. މިހާ ހިސާބަށް ދިޔަ އިރުވެސް އަހަރެން ހަމަ ހިރުވާ ތަން ކަހާ ވެސް ނުލާ މިއޮތީއެވެ. ކުޅޭނެ ވަރަކަށް ކުޅެން، އުޅޭނެ ގޮތަކަށް އުޅެން މިއޮތީ ދޫކޮށްލާފައެވެ.

އަހަންނާއި އަހަރެންގެ ބައިވެރިން މި އުފަލާއި މަޖަލުގައި އުޅޭތާ މިހާރު އަހަރު ތަކެއް ފާއިތުވެއްޖެއެވެ. އެވެރިންގެ އުޅުމަކަށް އަދި އަހަރެންގެ ސިފަޔަކަށްވެސް ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް އެއްކަމެއް އަހަންނަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. ހިތާއި ސިކުނޑިއަށް އުނދަގޫވާން ފަށައިފިއެވެ. ހިތަށް އަރައެވެ. އަހަރެން ހަމަ މި ޙާލުގައި ތާ އަބަދު އޮންނަ ވީ ހެއްޔެވެ. މި ހުރިހާ ޚިދުމަތެއް ދޭ އިރު ކުޑަ މިނުން އަހަރެންގެ "ގެދޮރު" ރީއްޗަށް ހަދާލާ ތަރައްޤީ ކޮށްދޭން ވިސްނާ މީހަކު ވެސް ނެތެވެ. އަހަރެންގެ ގެ ބޭނުން ކުރުމަށް ފަހު ފާޚާނާ ކޮށްލަން ވަދެލާނެ " ޓޮއިލެޓް" ގަނޑެއް ހަދާލާނެ ބަޔަކުވެސް ނެތެވެ. ކުޑަމިނުން ޗޭންޖިންގ ރޫމެއްވެސް ހަދާލަ ދިނިއްޔާ ގައިމު އެންމެނަށްވެސް ފަސޭހަ ވާނެ ނޫން ހެއްޔެވެ. ދިހަ ބާރަ މީހުން ހިމެނޭހެން ގްރޫޕްތައް ހަދައިގެން އައިސް ވާދަ ވެރިކޮށް އުޅޭ އިރު ތަހުޒީބީ ގޮތް އެންމެން ވެސް ބޭނުން ވާނެ ތާއެވެ. އެ ފިރިހެންވެރިން އައިސް އަހަރެންގެ ވަށައިގެން " ކުޑަކަމުދާއިރު" ލަދުން ބޯ ހަލާކުވެއެވެ. ދުވާ ވަހުން ނޯށްދަމާލަން ނުކެރެއެވެ.

މިވާހަކަތައް އަސަރާއެކު އަހަރެން ދައްކަންވީ ކީއްވެބާއެވެ. އަހަރެން މިއޮތީ އަހަރެންގެ ގޮތުގައި ރަނގަޅަށެވެ. ރީތި ކޮށެވެ. ހިމާޔަތް ވެސް ކޮއްފައެއެވެ.

ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގެ ނަމުން ނަން ނަން ކިޔާ ގޮވަމުންދާ އަހަރެން މި ދައްކަނީ އަހަރެންގެ ވަށައިގެންވާ މާޙައުލާއި އަހަރެންގެ އަމިއްލަ ނަފްސުގެ ވާހަކަ އެވެ. މިތަނުގައި ކުޅެން އަންނަ އެންމެނަށް ބޭނުން ވާނެ ޒަރޫރީ ކަންކަމުގެ ވާހަކައެވެ. މިތަން ސާފުކޮށް ރީތި ކޮށް ބާއްވަން ޖެހޭ ވާހަކަވެ.

undefined

މި ދަނޑު ގެ ކުޅިބަލަން އަންނަ މީހުން ތިބެން ދާއިމީ ސިޑި ތަކެއް ހަދަން ޖެހެއެއެވެ. ރަށުގައި ތިޔަ ގެންގުޅޭ ދަނގަޑު ސިޑިތައް އެއިރެއްގަ މުބާރާތް ބާއްވާ ތަންތަނަށް ނުދަމާ ގޮތެއް ހަދަން ވިސްނުން ހުރި ކައުންސިލް ވެރިއަކު ނެތީބާއެވެ. މަގުމަތި ބްލޮކް ކޮށްގެން ކުޅި ބެލުން ހުއްޓާލުމަށް ޕްލޭނެއް އޮތް ކްލަބެއް ނެތީބާއެވެ. ޓީމު ތަކަށް ވިހި ހާހުން ތިރީސް ހާލުން ސްޕޮންސަރ ކޮށްގެން ފޮޓޯ ނަގަމުން ދާއިރު މިފަދަ އިޖްތިމާޢީ ކަމަކަށް ދީލަތި އަތެއް ދޭނެ "މުދާވެރިއަކު" ހަމަ ނެތީބާއެވެ. މި ތަނުގައި ކުޅި ބަލަން ތިބޭ މީހުންނަށް ކެންޓީނުގެ ޚިދުމަތް ދޭން ތަންކޮޅެއް ހަދައި ކުޑަ ކުއްޔަކަށް ދޭން ވިސްނުމެއް ރައްޔިތުން ހޮވި ކައުންސިލަރުންގެ ބޮލުގައި ހަމަ ނެތީތޯއެވެ. ދައްކަނީ އާމްދަނީ ނުލިބޭ ވާހަކައެވެ. އެކަމަކު މިއީވެސް އާމްދަނީ ލިބިދާނެ ގޮތެކެވެ.

މިހާރު ވެސް އަހަރެންގެ ބޭނުން ހިފަން ތައްޔާރު ވަނީ މުޅި ރާއްޖެއަށް ހުޅުވާލާފައި އޮތް ބޮޑު މުބާރާތަކަށެވެ. މި ދަނޑުގެ ހުޅަނގު ފަރާތާއި އުތުރު ފަރާތް މަގާ ޖެހެންދެން އޮތް ގޮތް ނިކަން ދެކިބަލާށެވެ. ދެކުނު ފަރާތުގެ މަގު ވެސް އެއޮތީ ކިހިނެއްތޯއެވެ. ދަނޑަށް ވަދެ ނުކުންނަން އަދިވެސް ނުކުންނަން ޖެހެނީ އިރުމަތީ ފަރާތުގައި ހުރި ދޮރުންނެވެ. ހުޅަނގު ފަރާތުން ގޭޓެއް ލުމުގެ މަސައްކަތެއް އަދިވެސް ނުފަށައެވެ.

އަހަރެން ގެ މި އަޑު އަހައި އަންނަ ބޮޑު މުބާރާތަށް ފިސާރި ހެޔޮ ބަދަލެއް ގެންނަން ވީ ނޫންތޯއެވެ. މިތަނުގެ ނަންބޯޑު ވެސް ރަސްމީކޮށް ހަރުކޮށް ލަންވީނޫންތޯއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ