
ފަތުވާ ކައުންސިލް ވަޅުލާފަ ބާއްވާފަ ދީނީ އެއްބައިވަންތަކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ - ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުShaheem
ފަތުވާ ކައުންސިލް ވަޅުލާފަ ބާއްވާފަ ދީނީ އެއްބައިވަންތަކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްްޖެއެވެެ.

ޝަހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ގާއިމުކުރުމަށްޓަކައި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ، ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް، ވަޅުލާފަ ބާއްވާފަ އިސްލާމް ވި ދުވަސް ފާހަގަކުރަން އެއްވެ ދީނީ އެއްބައިވަންތަކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ 25 އޭޕްރިލް 2016 ވީ ހޯމަ ދުވަހުއެވެ. މި މަޖިލީހަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލެނިވެރިކަމުގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެކެވެ.
އެހެންް ނަމަވެސް މިސަރުކާރު ވެރިކަމަށް އައި ފަހުން ފަތުވާ މަޖިލީހުގެ މަސައްކަތް ހުއްޓާލާފައިވާ މައްސަލައާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގެންދަނީ ނުރުހުން ފާޅުކުރުމުންނެވެ.
ގުޅުންހުރި

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަނީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އިމާމުން - ޝަހީމް
