logoEN
cocacola
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށައިފި

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# އިލެކްޝަންސް ކޮޮމިޝަން

232329_3_0039c0a3370e7ec371defbc706131711541966f9_large

ކޮވިޑް19 އާ ގުޅިގެން ލަސްކުރުމަށް ނިންމި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާ ކަމަށް އިލެކްޝަންްސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާކަން އިއުލާން ކުރީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ސޯލިހު ތަސްދީގުކުރައްވާފައިވާ ގަވާއިދާ އެއްގޮތަށް އެޗްޕީއޭގެ ޚާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ.

ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުންވެސް މިއަދު ވަނީ ފަށާފައެވެ. މީގެ އިތުރުން ފޯކަލް ޕޮއިންޓްތައް އައްޔަން ކުރުމާއި، ޝަކުވާއާއި މައްސަލަ ހުށަހެޅުމުގެ ނިޒާމް ގާއިމްކުރުން ފަދަ ކަންކަންވެސް އެ ކޮމިޝަނުން ވަނީ ކޮށްފައެވެ.

މީގެ އިތުރުންވެސް އީސީން ވަނީ އިންތިޚާބުގައި ބައިވެރިވާ ސިވިލް ސާވެންޓުން މިއަދުން ފެށިގެން ސަސްޕެންޑުކޮށް، ނަން ނެގުމުގެ ފަހު ތާރީޚުގެ ގޮތުގައި ފެބްރުއަރީ 11 ހަމަޖައްސާފައެވެ. އަދި ރަށްވެހިކަމާއި ދާއިމީ އެޑްރެސްވެސް ބަދަލު ކުރުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ފެބްރުއަރީ 8 ވަނީ ކަނޑައަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ