
-
އިލެކްޝަންސް ކޮމިޝަން (އީސީ) ހިންގަން އާ އިމާރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ, އެ ކޮމިޝަން ހިންގާނެ އިމާރާތެއް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރުވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު, ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 28 ވާ ހޯމަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައިކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އީސީގެ އިއުލާނުގައި ހިމަނާފައިވާ ބީލަމުގެ މައުލޫމާތަށް ބަލާއިރު އެއިދާރާއިން ހޯދަނީ މާލޭގައި ހުރި އިމާރާތެކެވެ. އަދި އެ އިމާރާތުގައި މަދުވެގެން 13،500 އަކަފޫޓް އީސީގެ ބޭނުމަށް ދޫކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.
ގުޅުންހުރި

ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަނުން ހާމަކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމައިފި

އިންތިޚާބީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމު ނިންމާލައިފި





