
received-331923544709616
ރާއްޖޭގެ ރަށްރަށުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މުޒާހަރާ ކޮށްފިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯޯލިޝަނުން އިސްނަގައިގެން މާލެއާއި އަތޮޅުތެރޭގައި މިއަދު މުޒާހަރާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭ އިންސާފުން ޖަލަށް ލާފައިވާކަމަށް ބުނެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމަށެވެ.
މިއަދު މާލޭގައި މުޒާހަރަ ކުރިއަށް ގެންގޮސްފައިވަނީ "އިންސާފު ކޮބައި" ގެ ނަމުގައެވެ. އެ މުޒާހަރާ ހޫނުވެ ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ. މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްުޔަރުވެސް ކޮށްފައިވާއިރު އޭގެ ތެރޭގައި އިދިކޮޅު ކައުންސިލް މެމްބަރުންވެސް ހިމެނެއެވެ. އަދި ބައެއް މީހުންނަށް ވި އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށްވެސް ވަނީ ގެންގޮސްފައެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިހާތަނަށް 11 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ކޯލިޝަންގެ ކައުންސިލް މެންބަރެއް ކަމުގައިވާ ނަބީލް ޒަމީލްވެސް ހިމެނެއެވެ.
މުޒާހަރާގެ އިސްވެރިން ހާމަކޮށްފައިވާ ގޮތުގައި މިރޭ 12:00 އާ ހަމައަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.