
White Alert
ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ނެރުނު ހުދު ސަމާލު ދަމަހައްޓައިފިއެވެ.

މިގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ދަމަހައްޓާފައިވަނީ މިރޭ 23:55 އިން މާދަން ހެދުނު 6:00 އާއި ހަމައަށެވެ.
އެ އިދާރާއިން ބުނެފައުވަނީ މި މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައްވެސް ގަދަ ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް މި ދުވަސްވަރުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.