logoEN
cocacola
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސައިކަލެއް ވިއްކާލި ފުލުހަކު ސަސްޕެންޑްކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސައިކަލެއް ވިއްކާލި ފުލުހަކު ސަސްޕެންޑްކޮށްފި

ޝައުފާ އިސްމާއިލް

logo

10/17/2022, 3:07:44 PM

# ސްރީލަންކާ

Police-shadow

ލަންކާގައި ހެކީގެ ގޮތުގައި ބެލުމުގެ ދަށަށް ގެނައި ސްކޫޓީއެއް ވިއްކާލި ފުލުހުންގެ ކޮންސްޓެބަލްއަކު ސަސްޕެންޑްކޮށް ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

މިރިހާނާ ފުލުހުން ބުނީ ފުލުހުންގެ ކޮންސްޓަބަލް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށް ސްކޫޓަރު ވިއްކާލި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި ސައިކަލަކީ ޓްރެފިކް ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓަށް ހާޒިރުކޮށް ކޯޓު މުދަލެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައިވާ ސައިކަލެކެވެ.

ޕޮލިސް ކޮންސްޓަބަލް އެ ސައިކަލު 10،000 ރުޕީސްގެ އަގަކަށް ވިއްކާފައިވާއިރު، ޕޮލިސް ސްޓޭޝަނުން ލޮރީއެއްގައި ވެހިކަލް ލޯޑްކޮށް އުފުލުމުގައި ވެސް އޭނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރިހާނާ ފުލުހުން ވަނީ ޕޮލިސް ކޮންސްޓަބަލްގެ ގާތް އެކުވެރިޔާ ސްކޫޓަރު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މައްސަލައެއް ބަލަން ފަށައިފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހާ ހައްޔަރު ކުރުމުން އޭނާ ބުނީ އޭނާ އެ ސްކޫޓަރު ގަތީ އެ ޕޮލިސް ކޮންސްޓަބަލްގެ އަތުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ