
--
އަންނަ މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ވާދަކުރައްވަން އެގައުމުގެ އިލެކްޝްންސް ކޮމިޝަނަށް ފޯރމު ހުށަހަޅައިފި އެވެ.

ކެނޑިޑޭޓުން އިންތިހާބުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވި އިރު ޖުމުލަ 39 ކެނޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައި ކަމަށް އެގައުމުގެ އީސީއިން ބުނެއެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އެގައުމުގެ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓުން ވަނީ ވާދަކޮށްފަ އެވެ.
އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ އެ 39 ކެންޑިޑޭޓުންގެ ތެރެއިން 22 ކެންޑިޑޭޓުންނަކީ އެގައުމުގެ މިވަގުތު ތަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމަށެވެ, އަދި އަމިއްލަ ގޮތުން ވާދަކުރާ 16 ކެނޑިޑޭޓުން ވާދަކުރާއިރު އެއް ކެނޑިޑޭޓަކު އަދި ރަޖިސްޓްރޭޝަން ރަނގަޅަށް ފުރިހަމަ ނުވާ ސިޔާސީ ޕާޓީއެއްގެ ތެރެއިން އިންތިހާބުގައި ވާދަކުރައްވާ ކަމަށެވެ.,
ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ދިލިތު ޖަޔަވީރާ، އޭއެސްޕީ ލިޔާނާގޭ، ސަރަތު ފޮންސޭކާ، ނޫވަން ބޯޕަގޭ، އޮޝަލާ ހެރަތު، ޖަނަކަ ރަތުނަޔަކަ، ސިރިޕާލާ އަމަރަސިންހަ، އަރިޔަނެންތިރަން، ނަމާލް ރާޖަޕަކްސަ، ވިޖޭޔަދާސާ ރާޖަޕަކްސަ، ސަޖިތު ޕްރޭމަދާސާ، ރަނިލް ވިކްރަމަސިންހަ އަދި އަނޫރާ ކުމާރާ ޑިސާނަޔަކަ ހިމެނެއެވެ.
ގުޅުންހުރި

468 ކިލޯގެ މަސްތުވާތަކެއްޗާއިއެކު އަތުލައިގަތް ބޭރުގެ ބޯޓުގައި ތިބި 5 މީހުންގެ ބަންދަށް އެއް މަސް!

ލަންކާގެ އައު ރައީސަށް ގާނޫނު ހަދާ މަޖިލީހުގެވެސް ފުރިހަމަ ބާރު ލިބިއްޖެ!

ލަންކާގެ ބޮޑުވަޒީރަކަށް ޑރ ހަރީނީ!
