logoEN
cocacola
ވަން ވޭ މަގަކުން އިދިކޮޅަށް ދުއްވި މީހަކު ހުއްޓުވުމުން ސައިކަލުގައި ރޯކޮށްލައިފި

ވަން ވޭ މަގަކުން އިދިކޮޅަށް ދުއްވި މީހަކު ހުއްޓުވުމުން ސައިކަލުގައި ރޯކޮށްލައިފި

އަލްފާ އަލީ

logo

10/8/2022, 5:10:09 PM

# ހޮޅުއަށި

Screenshot 2022-10-08 at 17.05.41

އިންޑިއާގައި އެއްކޮޅަށް ދުއްވޭ މަގަކުން އިދިކޮޅަށް ދުއްވި މީހަކު ފުލުހުން ހުއްޓުވުމުން އެކަމާ ހިތްހަމަނުޖެހިގެން އަމިއްލަ ސައިކަލުގައި ރޯކޮށްލައިފިއެވެ.

ގޮސިޔާ

އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ހައިދަރުއާބާދު ސިޓީގެ މައިތްރިވަނަމް އަވަށުގައި މޯބައިލް ފޯނު ވިއްކާ ފިހާރައެއްގެ ވެރިއެއް ކަމަށްވާ އެސް އަޝޯކް ނުބައި ދިމާލަކަށް ދުއްވައިގެން ހުއްޓުވާފައިވަނީ އެ އަވަށުގެ އަވަށެއް ކަމަށްވާ މައިތްރިވަނަމް އަވަށުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމީހާ ހުއްޓުވުމުން ޓްރެފިކް ފުލުހުންނާ ޒުވާބުކުރުމަށްފަހު އެމީހާ ވަނީ ކައިރި ފިހާރައަކަށް ވަދެ، ޕެޓްރޯލް ފުޅިއެއް ހިފައިގެން އައިސް އޭނާގެ ސައިކަލަށް އޮއްސާލުމަށްފަހު އަލިފާން ރޯކޮށްލާފައެވެ.

މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

రాంగ్ రూట్ లో వచ్చాడు. ట్రాఫిక్ పోలీసులు ఆపారు. పోలీసులు అపినందుకు కోపం వచ్చింది. తన బైక్ లోని పెట్రోల్ తీసి బండి నీ తగల పెట్టారు. అదేమని అడిగితే పోలీసుల మీదకు తిరగ పడ్డారు. పోలీస్ లు అశోక్ ను అదుపులోకి తీసుకున్నారు. ⁦@CPHydCity⁩ ⁦@HYDTP⁩ #traffic pic.twitter.com/uhTjNmx1U7

— RameshVaitla (@RameshVaitla) October 3, 2022

މި މައްސަލައާ ގުޅިގެން ސައިކަލުގައި ރޯކޮށްލި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ