logoEN
cocacola
14 ދުވަސްތެރޭ ޖޫރިމަނާގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ސަރުކާރަށް

14 ދުވަސްތެރޭ ޖޫރިމަނާގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ސަރުކާރަށް

އަޙްމަދު ޖަމީލު

logo

1/26/2021, 2:11:00 PM

# ޖޫރިމަނާ

Traffic Police

އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް މިއަހަރު ޖެނުއަރީ 14ވަނަ ދުވަހާއި ހަމަޔަށް 16.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ގޮސިޔާ

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1 ޖެނުއަރީ 2021 އިން 14 ޖެނުއަރީ 2021 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވަނީ 6.6 މިލިއަން ރުފިޔާ ލިބިފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު މަދުކަން ފާހަގަކޮށްލެވެއެވެ.

މި ހިނގާ 2021 ވަނަ އަހަރުވެސް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ. މިގޮތުން ހަމަ އެކަނި ޓްރެފިކް ވައިލޭޝަން ޖޫރިމަނާގެ ގޮތުގައިވެސް 5،199،006 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވަނީ 146.2 މިލިއަން ރުފިޔާ ލިބިފައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު 235.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ