logoEN
cocacola
ފްލިޕްކާޓުން ލެޕްޓޮޕެއް އޯޑަރުކުރުމުން ލިބުނީ ޑިޓާޖަންޓް ބާތަކެއް!

ފްލިޕްކާޓުން ލެޕްޓޮޕެއް އޯޑަރުކުރުމުން ލިބުނީ ޑިޓާޖަންޓް ބާތަކެއް!

އަހުމަދު ޝުރާއު

logo

10/3/2022, 9:23:13 PM

# އިންޑިއާ

qtmpk2pc_ghadi-detergent_625x300_27_September_22

އީ-ކޮމާސް ވެބްސައިޓެއް ކަމަށްވާ ފްލިޕްކާޓުން ލެޕްޓޮޕަކަށް އޯޑަރު ދިނުމުން، ޑެލިވަރީ ކުރީ ޑިޓާޖަންޓް ބާތަކެއް ކަމަށް އިންޑިއާ މީހަކު ބުނެފި އެވެ.

ގޮސިޔާ

އައިއައިއެމް-އަހުމަދުއާބާދުގައި ކިޔަވަމުން އަންނަ ޔަޝަސްވީ ޝަރްމާ ލިންކްޑްއިން ޕޯސްޓެއްގައި މި ހާދިސާ ހިއްސާކުރަމުން ލިޔެފައިވަނީ ފްލިޕްކާޓްގެ ބިގް ބިލިއަން ޑޭސް ސޭލް ކުރިއަށް ދިޔައިރު އޭނާ ލެޕްޓޮޕަށް އޯޑަރު ދިން ކަމަށެވެ. އެގޮތުން ޕެކޭޖް ޑިލިވާވުމުން އެ ޕެކޭޖުގެ ތެރެއިން ފެނުނީ ޑިޓާޖަންޓް ބާޕެކެޓްތަކެއް ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

ޝަރްމާ އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި ޕެކޭޖަކީ ފްލިޕްކާޓްގެ އޯޕަން ބޮކްސް ޑެލިވަރީ ކޮންސެޕްޓާ ބެހޭ ގޮތުން ނޭނގޭ އޭނާގެ ބައްޕައަށް ލިބުނު ޕެކޭޖެއް ކަމަށެވެ.

ފްލިޕްކާޓް ގައިވާ ގޮތުން އޯޕަން ބޮކްސް ޑެލިވަރީއެއްގައި ޑެލިވަރީ ކުރާ މީހާ ޕެކޭޖް ހުޅުވާލަނީ ކަސްޓަމަރެއްގެ ހާޒިރުގައި ޑެލިވާކުރީ ރަނގަޅު އައިޓަމެއްތޯ ބެލުމަށެވެ. މިއީ މިފަދަ މައްސަލަތަށް ދިމާވުމުން ސަލާމާތް ކުރުމަށް ފްލިޕްކާޓުން ބޭނުންކުރާ ޕޮލިސީއެކެވެ.

މިކަމާއި ގުޅޭގޮތުން ފްލިޕްކާޓުންބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށާއި މިހާރު ރީފަންޑު ޕްރޮސެސްކުރުމަސް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަން ވަނީ ޝަރުމާއަށްވެސް އަންގާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ