logoEN
cocacola
ހަވާލުވިތާ ހަފްތާއެއް ތެރޭ ފެނަކައިން ހުވަދު އަތޮޅުގެ ހުރިހާ އައިސްޕްލާންޓެއް އޮޕަރޭޝަނަށް!

ހަވާލުވިތާ ހަފްތާއެއް ތެރޭ ފެނަކައިން ހުވަދު އަތޮޅުގެ ހުރިހާ އައިސްޕްލާންޓެއް އޮޕަރޭޝަނަށް!

އަހުމަދު ޝުރާއު

logo

10/2/2022, 4:33:56 PM

# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

221847142_2270473493088219_5034154877934435053_n

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ ގިނަ އައިސްޕްލާންޓުތަކާއި ހަވާލުވިތާ ހަފްތާއެއް ތެރޭގައި ހުވަދު އަތޮޅުގައި ހުއްޓިފައި ހުރި ހުރިހާ އައިސްޕްލާންޓުތަކެއް އޮޕަރޭޝަނަށް ގެނެސްފި އެވެ.

ގޮސިޔާ

ފެނަކަ ކޯޕަރޭޝަންގެ މޭނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު " ގާފު " ނޫހަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފެނަކަ އިން އައިސްޕްލާންޓުތަކާއި ހަވާލުވި އިރު ހުވަދު އަތޮޅުގެ ގިނަ އައިސްޕްލާންޓުތަކެއް ހުރީ ބޭނުންކުރެވޭ ހާލަތްތަކުގައި ނޫންކަމަށާއި މިހާރު އެ އައިސްޕްލާންޓުތަށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ފެނަކައިގެ ބެލުމުގެ ދަށުން މިހާރު އޮޕަރޭޝަނަށް ގެނެސްފައިވަނީ ގއ ކޮލަމާފުށީ އައިސްޕްލާންޓާއި ގދ ގެމަނަފުށީ އައިސްޕްލާންޓާއި ގއ ދާންދޫ އައިސްޕްލާންޓާއި ގއ ދެއްވަދޫ އައިސްޕްލާންޓާއި ގދ ފަރެސްމާތޮޑާ އައިސްޕްލާންޓުގެ އިތުރުން ގދ ފިޔޯރީ އައިސްޕްލާންޓެވެ.

ސައީދު އިތުރަށް ވިދާޅުވީ މި އައިސްޕްލާންޓުތަކުން މިހާރު 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ 14 އައިސްޕްލާންޓަކާއި ހަވާލުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ފެނަކައިން ވަނީ މަސްވެރިންނަށް ފަސޭހަ ކަމާއެކު އައިސް ލިބޭނެ ގޮތް ހެދުމަށް "ފެނަކަ އައިސް" މޯބައިލް އެޕްލިކޭޝަން ވެސް ލޯންޗް ކޮށްފަ އެވެ.

ފެނަކައިން މި އައިސްޕްލާންޓުތަކާއި ހަވާލުވެ އެތަންތަނުގައި ހުރި މަރާމާތުގެ މަސައްކަތްތައް ނިންމައި، އެ ކުންފުނީގެ އިންޖީނުގެތަކާ އައިސްޕްލާންޓުތައް ގުޅައި، ސީދާ އެކުންފުނީގެ ދަށުން ޚަރަދު ހިނގާގޮތަށް އެތަންތަން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، އެ ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ