logoEN
ޕީއެންސީ 2
ޗެލްސީގެ ކޯޗު ކަމުން ލަމްޕާޑް ވަކިކޮށްފި

ޗެލްސީގެ ކޯޗު ކަމުން ލަމްޕާޑް ވަކިކޮށްފި

b42b11a854fa46f799570dff57b2d5f5

އިންގިރޭސި ޕްރިމިއާ ލީގްގެ އެންމެ ކާމިޔާބު އެއް ކްލަބް ، ޗެލްސީ ގެ ކޯޗު ކަމުން ފްރޭންކް ލަމްޕާޑް ވަކިކޮށްފި އެވެ.

ޝަރީ 2024

ލަމްޕާޑް ޗޯޯކުކަމުން ވަކިކުރިކަން ވަނީ ޗެލްސީއިން ރަސްމީކޮށް އިއުލާންކޮށްފައެވެ. ބޭރުގެ ރިޕޯޓުތަށް ބުނާގޮތުން ނަމަ ލަމްޕާޑް ވިކިކޮށް ހެޑް ކޯޗްގެ މަޤާމަށް ޕީއެސްޖީގެ ކުރީގެ ކޯޗް ތޯމަސް ޓުޗެލް އައްޔަންކުރުމަށް ނިންމައިފައިވާކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ލަމްޕާޑް ޗެލްސީގެ ހެޑް ކޯޗުގެ މަޤާމުން ވަކިކޮށްފައިވަނީ މަޤާމާއި ހަވާލުވިތާ 18 މަސްދުވަހަށް ފަހުއެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ.

ލަމްޕާޑް ވަކިކުރަން ނިންމައިފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވުމާއި ގުޅިގެން ކަމަށް ބޭރުގެ ރިޕޯޓުތަށް ބުނެއެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން 2-0 އިން ބަލިވިއިރު، ޗެލްސީ މި ވަގުތު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.

މި ސީޒަނަށް ޗެލްސީން ނުކުތީ މިދިޔަ އަހަރަށް ބަލާއިރު މުޅި ދުނިޔެއިން ވެސް ފުޓްބޯޅަ ކްލަބެއް ކުރި އެންމެ ބޮޑު ހަރަދުކޮށްގެންނެވެ. ޗެލްސީން ވަނީ މި ސީޒަން ފެށުމުގެ ކުރިން ހަތް ކުޅުންތެރިން ގެނައިރު، 220 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހަރަދުކޮށްފަ އެވެ.

ލަމްޕާޑު ވަކިކުރިކަން އިއުލާން ކުރުމަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ސަބަބަކީ ލަމްޕާޑާ ގާތްގުޅުމެއް އޮތުމުގެ އިތުރުން އޭނާ ޗެލްސީ އަށް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާތީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ