
މިވަރަށް މަސްބާނާއިރުވެސް ބީއެމްއެލް ވަނީ އޭޓީއެމް އެއް ގާއިމްކުރަން ނުކުޅެދިފައި - ފިރުޝާން
# ހުސައިން ފިރުޝާން# ބީއެމްއެލް# ގދ.މަޑަވެލި# އޭޓީއެމްfirushan
ގދ. މަޑަވެއްޔަށް މިވަރަށް މަސްބާނާއިރު ބީއެމްއެލްއަށް އެރަށުގައި އޭޓީއެމް ހިދުމަތް ދިނުމަށް ނުކުޅެދިފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެ އެވެ.

ފިރުޝާން މިހެން ވިދާޅުވި އިރު، މަޑަވެލި މަސްދޯންޏެއް ކަމަށްވާ "ޓީއެސް ލައިން" އިން ވަނީ 57.2 ޓަނު މަސްކިރުވައި އެއްދުވަހުން އެންމެ ގިނަ މަސްކިރުވި ދޯނީގެ ރެކޯޑް އިއްޔެ ހަދާފައެވެ.
ފިރުޝާން މިއަދު ވިދާޅުވީ މަޑަވެއްޔަށް މިވަރަށް މަސްބާނާއިރު ބޭންކް އޮފް މޯލްޑިވްސް އިން އެރަށަށް އޭޓީީއެމް ހިދުމަތް ނުދެވޭނެ ކަމަށް ބުނާ ކަމަށެވެ. އަދި މިލިއަނުން ބޭންކިންގ ގެ ހިދުމަތް ތިނަދޫއިން ހޯދާއިރު ބީއެމްއެލް ވަނީ މަޑަވެލީގަ އެންމެ އޭޓީއެމް އެއް ގާއިމްކުރުމަށް ނުކުޅެދިފައިވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
މަޑަވެއްޔަށް އިއްޔެ ކިރުވި، 57.2 ޓަނު މަހަށް އެ ދޯނިން ވަނީ އެއްދުވަސް ތެރޭގައި 900،000 ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ.
ބީއެމްއެލް އިން މަޑަވެލި ކައުންސިލަށް މީގެ ކުރިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މަޑަވެލީގައި އޭޓީއެމްއެއް ގާއިމްކުރުމަކީ ޕްލޭނެއް ނޫން ކަމަށެވެ. ބީއެމްއެލް އިން ބުނީ މަޑަވެލީގައި ބީއެމްއެލް އެޖެންޓް ސާވިސް ދެމުން އަންނަ ކަމަށާއި، އެ ބޭންކުގެ އަމާޒަކީ ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުކޮށް ޑިޖިޓަލް ކުރުން ކަމުގައި އެވެ.
ބީއެމްއެލް އިން މަޑަވެލީގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް މަސައްކަތެއް ނުކުރާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އެރަށުގައި އޭޓީއެމްއެއް ގާއިމްކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި މިއަހަރު ސޮއިކޮށްފައެވެ.
ގުޅުންހުރި

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ބީއެމްއެލްއިން ކޮމާރޝަލް ޕްރޮޕަޓީ ފައިނޭންސިންގް ތަޢާރަފްކޮށްފި
