logoEN
Sto top
އަނބިމީހާ އަށް ނުރުހުމުގެ ބަހެއް ބުނީތީ މަންމަ ގެއިން ބޭރުކޮށްލައިފި

އަނބިމީހާ އަށް ނުރުހުމުގެ ބަހެއް ބުނީތީ މަންމަ ގެއިން ބޭރުކޮށްލައިފި

އަލްފާ އަލީ

logo

9/26/2022, 7:27:48 PM

# ހޮޅުއަށި

0_Mother-and-her-teenage-son-arguing-at-home

ކައިވެނިކޮށްގެން އާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގައި އެކި ކަހަލަ މައްސަލަ ދިމާވެއެވެ. އަދި ހޫނު ޒުވާބުތަކަށްވެސް ދާން ޖެހޭ ފަހަރު އާދެ އެވެ. މިއީވެސް އެފަދަ ކަމެއްގެ ވާހަކަ އެވެ. މިވާހަކަ ރެޑިޓްގައި ހިއްސާ ކުރަމުން ފިރިހެނަކު ބުނީ، ދަރިފުޅުގެ ކަމެއްގައި އަނބިމީހާ އެހީއަކަށް އެދުމުން އޭނާގެ މަންމަ އެކަމަށް އިންކާރުކޮށް އަންހެނުންނާ ދިމާލަށް ނުރުހުމުގެ ބަހެއް ބުނުމުން މަންމަ ގެއިން ބޭރުކޮށްލަން ޖެހުނު ކަމަށެވެ.

Wamco

ރެޑިޓްގައި މި ޕޯސްޓު ލިޔުނު މީހާގެ ނަން ހާމަކޮށްފައިނުވާއިރު، މި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިންގެ ހަ މަހުގެ ދަރިފުޅު ކައިރިއަށް އެ މަންމަ ކުރި ޒިޔާރަތެއްގެ ތެރެއިން ކަމަށްވެއެވެ. މި ޒިޔާރަތުގައި މަންމަ އެ ގެއަށް އައީ، އޭނާގެ ލޯބިވެރިޔާއާވެސް އެކުގައެވެ. ޒިޔާރަތުގެ ތެރެއިން އެއް ދުވަހަކު ފިރިހެން މީހާގެ އަނބިމީހާ ވަނީ އޭނާގެ ތުއްތު ދަރިފުޅުގެ ހެދުންތައް ދޮވެދެވިދާނެތޯ މައިމީހާ ގާތު އަހާފައެވެ. އަދި އެކަމަށް އިންކާރު ނުކޮށް އެހެން ނަމަވެސް ހިތްހަމަނުޖެހިފައި ހުރެ މަންމަ ވަނީ ލޯންޑްރީ ރޫމަށް ގޮސް ކުޑަ ދަރިފުޅުގެ ހެދުންތައް ދޮވެ ދީފައެވެ.

ހެދުންތައް ދޮވެދޭން ލޯންޑްރީ ރޫމަށް ވަނުމުން މަންމަގެ ލޯބިވެރިޔާވެސް ފަހަތުން ގޮސް ލޯންޑްރީ ރޫމަށް ވަނެވެ. އަދި އެކަމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ މެހެމާނުން ލައްވައި ކުރުވަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ. މި ހުރިހާ ވާހަކަތަކެއްވެސް ފިރިހެން މީހާ ހުރީ އަޑު އަހައިގެންނެވެ. ފިރިހެން މީހާ ރުޅި އައީ މަންމަގެ ލޯބިވެރިޔާ މަންމަ ގާތުގައި އެހީ ސުވާލަކަށް މަންމަ ދިން ޖަވާބުގެ ސަބަބުންނެވެ.

އެ ދެމަފިރިން އަމިއްލަ ގެއަށް މެހެމާނުންގެ ގޮތުގައި އެ ދެމަފިރިން ގެނައުމަށްފަހު އެމީހުން ލައްވާވެސް އެފަދަ މަސައްކަތެއް ކުރުވާނެތޯ ލޯބިވެރިޔާ ސުވާލުކުރުމުން މަންމަ ބުނީ "އަހަންނަކީ އެހާ ދަށުދަރަޖައިގެ" މީހެއް ނޫން ކަމަށެވެ. އެހާ ހިސާބުން ފިރިހެން މީހާ ރުޅި ގަދަވެއްޖެ އެވެ. އޭއާއެކު ދަރިފުޅު ލޯންޑްރީ ރޫމަށް ވަދެ އޭނާގެ މަންމަ އާއި އޭނާގެ ލޯބިވެރިޔާއާ ކުރިމަތިލުމަށް ނިންމި އެވެ. އަދި އޭނާގެ ގޭގައި އޭނާގެ އަނބިމީހާއާ ދިމާލަށް އެފަދަ ބަސް ރައްދު ނުކުރެވޭނެ ކަމަށް ބުންޏެވެ. އެހިސާބުން ބޮޑު ޒުވާބަކަށް ކަންތައްގަނޑު ދިޔައެވެ. އައި ރުޅީގައި ގެއިން ނުކުމެގެން ދިއުމަށް ފިރިހެން މީހާ އޭނާގެ މަންމައަށް އެންގީ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside