logoEN
cocacola
ލަންކާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނާއި ފިލިޕީންސްއަށް

ލަންކާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނާއި ފިލިޕީންސްއަށް

އަހުމަދު ޝުރާއު

logo

9/26/2022, 10:52:04 AM

# ސްރީލަންކާ

ranil-wickremesinghe-1652351583-1-1657372801

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ޖަޕާނާއި ފިލިޕީންސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ ކަމަށް ރައީސްގެ މީޑިއާ ޑިވިޝަނުން ބުންޏެވެ.

ގޮސިޔާ

ރަނިލް ޖަޕާނަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެޗުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާއި، ޚާރިޖީ ވަޒީރާއި، މާލީ ވަޒީރާއެކު ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

އެއަށްފަހު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ގަވަރނަރސްގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ ގޮތަށް ރައީސް ރަނިލް ވިކްރަމަސިންހަ ފިލިޕީންސްއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރަނިލް ފިލިޕީންސަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސްގެ ރައީސް ބޮންގްބޮންގް މާކޮސްއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރައީސް މަސަޓްސުގު އަސަކަވާއާ މަޝްވަރާ ކުރައްވާނެ އެވެ.

ރަނިލްގެ ކުރައްވާ މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ