logoEN
cocacola
ތިނަދޫ ޑަބްލިއުޑީސީން އުފެއްދި އިތުބާރާއެކު ހިޔަލަ އެކްސްޕޯ ބްރޭންޑަކަށް!

ތިނަދޫ ޑަބްލިއުޑީސީން އުފެއްދި އިތުބާރާއެކު ހިޔަލަ އެކްސްޕޯ ބްރޭންޑަކަށް!

# ވިޔަފާރި# ރިޕޯޓު# ގދ. ތިނަދޫ ޑަބްލިއުޑީސީ# ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ

_AMN6024

ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތައްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމުގެ މަގްސަދުގައި ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)އިން ބޭއްވި "ގދ. އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022" ބޮޑު ތަރުހީބެއް ލިބި، ކާމިޔާބުކަމާއެކު ނިންމައިލީ ރޭގައެވެ. އިއްޔެ ހަވީރު 18:00ގެ ނިޔަލަށް އެކްސްޕޯއަށް 3000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި މައުރަޒަށް ޒިޔާރަތްކުރުމަށް އަވަށްޓެރި ރަށްރަށުން ގދ. ތިނަދޫއަށްް އައި ރައްޔިތުންނާއި ކައިރި ރިސޯޓުތަކުގެ ގެސްޓުންވެސް ހިމެނެއެވެ.

ގޮސިޔާ

މަޑަވެލި ފިޔަވައި ގދ. އަތޮޅުގެ އެހެން ހުރިހާ ރަށަކުން 189 ބައިވެރިންގެ އުފެއްދުންތަކާއެކު ބޭއްވި މި އެކްސްޕޯގައި ގައުމީ މައުރަޒުތަކުގައި ބައިވެރިވި ފަރާތްތައްވެސް ހިމެނެއެވެ. އެކްސްޕޯގެ ތެރެއިން، އެކްސްޕޯގެ ބައިވެރިން ބައިވެރިކުރުވި އުފެއްދުންތައް އާންމުންނަށް ވިއްކުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ. މި އެކްސްޕޯއަށް ގދ. އަތޮޅުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މިހާ ތަނަށް ހުވަދު އަތޮޅުގައިވެސް ބޭއްވުނު މިފަދަ އެންމެ ބޮޑު މައުރަޒުކަން ފާހަގަކޮށްލެވެއެވެ.

undefined

މި މައުރަޒުން އެނގިގެން ދިޔަކަމަކީ، ރަށްރަށުގައި އެކުލަވާލެވިފައިވާ ޑަބްލިއުޑީސީތަކަކީ އަތޮޅު ފެންވަރުގައި އާއި ގައުމީ ފެންވަރުގައި މުޙިއްމު މަސައްކަތެއް ކުރެވިދާނެ، އަދި ގާބިލް ގުނަވަނެއް ކަމެވެ. އެކްސްޕޯގެ ނަން މުޅި ރާއްޖެއަށް ވިދައިލި އިރު މި އެކްސްޕޯއަކީ މުޅި ރާއްޖެއަށްވެސް ނަމޫނާ މައުރަޒެއްކަން ޔަގީނެވެ. އެކްސްޕޯގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަމުން ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ، އަހްމަދު ސައީދުވެސް މިކަން ފާހަގަކުރެއްވިއެވެ.

undefined

މިއަދުން ފެށިގެން އަޅުގަނޑު ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކަށް ތިނަދޫ ޑަބްލިއުޑީސީއަކީ ނަމޫނާއެއްގެ ގޮތުގައި ބެލުމަށް އިލްތިމާސްކުރާނަން … އެ ބޭފުޅުން ކުރެއްވި މަސައްކަތް (ހިޔަލަ އެކްސްޕޯ) މިއަދު ވެގެން މިދިޔައީ މުޅި ރާއްޖެއަށްވެސް ނަމޫނާ މަސައްކަތަކަށް --- ފެނަކަ ސީއީއޯ، އަހްމަދު ސައީދު

ތިނަދޫ ޑަބްލިއުޑީސީގެ އިސްނެގުމުގެ މަތިން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން ބޭއްވި މި މައުރަޒުގެ ބައިވެރިންގެވެސް ހުރީ އުފާވެރި ޝުއޫރުތަކެކެވެ. މީގެ ކުރިން 2020 ވަނަ އަހަރު ބޭއްވި ގައުމީ މައުރަޒުގައި ބައިވެރިވި ފަރާތެއް ކަމުގައިވާ މުޙައްމަދު އަޝްރާފްވެސް މި މައުރަޒުގައި ބައިވެރިވެފައިވެއެވެ. އޭނާ ބުނި ގޮތުގައި އެއަހަރު ބޭއްވި ގައުމީ މައުރަޒަށްވުރެ، ތިނަދޫ ޑަބްލިއުޑީސީން މިއަހަރު ބޭއްވި މި މައުރަޒު މާ ފުރިހަމަ ވެފައި މާ ކާމިޔާބު ކަމަށެވެ. އަދި އުއްމީދު ކުރަނީ މިފަދަ ދެވަނަ މައުރަޒެއް އަންނަ އަހަރުވެސް ބާއްވާނެ ކަމުގައި ކަމަށް އޭނާ ބުންޏެވެ.

undefined

އަޝްރާފުގެ އިތުރުން، މި މައުރަޒުގައި ދެން ބައިވެރިވި ފަރާތްތަކުގެ ޝުއޫރުތައްވެސް ހުރީ ހަމަ ދާދި އެއް ގޮތަކަށެވެ. އެންމެންވެސް ފާހަގަކުރި ކަމަކީ މައުރަޒުގެ އިންތިޒާމުތައް ފުރިހަމަކަމާއި، މައުރަޒަކީ އެފަރާތްތަކަށް ބޭނުންތެރި، ވިޔަފާރީގައި މާކެޓު ހޯދުމަށް ލިބުނު ފުރުސަތެއް ކަމެވެ.

އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ ވިޔަފާރި ކުރިއަރުވަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި، ވިޔަފާރި ފުޅާ ކޮށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކާވެސް އެކުގައި ކަމަށްވުމުން އެކްސްޕޯގެ ބައިވެރިންނަށް މި އެކްސްޕޯ ވެފައިވަނީ "ޒަމާންވީ މަސައްކަތަށް ތިނަދޫ ޑަބްލިއުޑީސީން ހޯދައިދިން ޒަމާނީ މަންސަ" އަކަށެވެ.

https://gaafu.mv/80131

ވާދަވެރި މާހައުލެއްގައި ބޭއްވުނު މި މައުރަޒު ބްރޭންޑަކަށް ނުވާނެ އެއްވެސް ސަބަބެއް ނެތެވެ. އަތޮޅުގެ އުފެއްދުންތެރިންނަށް ޚާއްސަ މި މައުރަޒަށް ލިބުނު ތަރުހީބާއި ސްޕޮންސަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ބަލާއިރު މިއީ މިހާރު ހުވަދު އަތޮޅުގެ ބްރޭންޑެކެވެ. ތިނަދޫ ޑަބްލިއުޑީސީން އަތޮޅުގެ އުފެއްދުންތެރިންނަށް އުފައްދައިދިން މަންސައެކެވެ. ބްރޭންޑެކެވެ.

undefined

މައުރަޒު ނިންމާލުމުގެ ރަސްމިއްޔާތުގައި ތިނަދޫ ޑަބްލިއުޑީސީގެ ރައީސް، ޖީޒާ ޙަސަން ވިދާޅުވީ އަންނަ އަހަރުވެސް ހިޔަލަ އެކްސްޕޯ ބާއްވާނެ ކަމަށެވެ. އެއާއެކު މި ބްރޭންޑަށް ވަނީ އިތުރު ބާރެއް ލިބިފައެވެ.

ތިނަދޫ ޑަބްލިއުޑީސީގެ "ހިޔަލަ އެކްސްޕޯ" މުޅި ރާއްޖެއަށް ވިދާލައިފިއެވެ. ރާއްޖެއަށް ނަމޫނާއަކަށް ވެއްޖެ އެވެ. ތިނަދޫ ޑަބްލިއުޑީސީން އުފެއްދި އިތުބާރާއެކު މިއަދު މި މައުރަޒު މިއޮތީ ބްރޭންޑަކަށް ވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ