
qweq
ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އަލިގަދަ އެއްތަރި މަރިޔަމް ނިޝާ، ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

ޖޭޕީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދިވެހި ފިލްމީ ތަރު މަރިޔަމް ނިޝާ އެ ޕާޓީއާއި މިއަދު ގުޅިފައިވާ ކަމަށެވެ.
އަދި ނިޝާ ވަނީ އެ ޕާޓީއަށް ވަންނަން އޭނާ ސޮއި ކުރި ފޯމް ޖޭޕީގެ އަންހެނުން ލީގްގެ ރައީސާ ވަލީދާ އާއި އެ ޕާޓީގެ ނައިބު ރައީސް އާއި މިއަދު ހަވާލުކޮށްފައި ކަމަށެވެ.
ޖުމްހޫރީ ޕާޓީއިން އަންނަނީ އެޕާޓީއަށް މެމްބަރުންނަށް އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ރިޔާސީ އިންތިހާބަށް އެޕާޓީ ވަރުގަދަކުރާނެ ކަން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ނިޝާގެ އިތުރުން ރާއްޖޭގެ ފިލްމީ ދާއިރާގެ ސީނިއާ ބައެއް ފަންނާނުން މީގެ ކުރިންވެސް ވަނީ އެޕާޓީއަށް ސޮއިކޮށްފައެވެ.