
Nabeeh
ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގެ ފައިނަލަށް އަލްޙާފިޒް އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރު ދަތުރުކޮށްފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ބުނީ 42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް މުބާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދެބައިވެރިން ފުރަތަމަ ބުރުގައި ކިޔަވައިނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން މުބާރާތުގެ ފައިނަލްބުރަށް އަލްޙާފިޒް އަޙްމަދު ނަބީހު ޢަބްދުލްޤާދިރު ހޮވިފައިވާކަމަށްވެސް އެ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުގެ އިތުރުން މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިންވެސް ސަޢުދީޢަރަބިއްޔާއަށް ވަނީ ދަތުރުކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ސެޕްޓެންބަރު މަހުގެ ދިހައަކުން އެކާވީހަށް ކުރިއަށްދާ "42 ވަނަ، ކިންގ ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން" މުބާރާތަށް ބައިވެރިން ހޮވާފައިވަނީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ އޮޑިޝަނަކުންނެވެ.
މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022 ގައެވެ.
ގުޅުންހުރި

އަލްޙާފިޒް ނަބީޙް ސައުދީ ރަސްގެފާނުގެ ޤުރުއާން މުބާރާތުގެ ފައިނަލަށް

ސައުދީ އަރަބިއްޔާގައި އޮތް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިން މިހަފްތާގައި ފުރަނީ

ނަޑެއްލާ ކައުންސިލްގެ ޤުރުއާން މުބާރާތުން ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްފި
