
adq
ތޫފާން ނަންމަޑޯލްގެ ކުރިން

ބާރުގަދަ ދޫފާނެއްގެ އިންޒާރާއި އެކު ޖަޕާނުގެ ދެ މިލިއަނެއްހާ މީހުން ހިޔާވަހިކަން ހޯދުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން އެދެފި އެވެ.
އެ ގައުމުގެ ގައުމީ ބްރޯޑްކާސްޓަރ އެންއެޗްކޭ އިން ބުނީ އާދީއްތަ ދުވަހު ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ބާރުގަދަ ތޫފާނާ ބެހޭ ގޮތުން މޫސުމާ ބެހޭ އިދާރާއިން ވަރަށް މަދުން ނޫނީ ނުނެރޭ "ހާއްސަ އިންޒާރެއް" ނެރެފައިވާތީ، ތޫފާން ނަންމަޑޯލްގެ ކުރިން ހިޔާވަހިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރާ ކަމަށެވެ.
އެންއެޗްކޭ އިން ހޮނިހިރު ދުވަހު ބުނީ، ދެކުނު ކިޔޫޝޫ ސަރަހައްދުގެ ކަގޯޝިމާ، ކުމަމޯޓޯ އަދި މިޔަޒާކީ ގައި މީހުން ހުސްކުރުމުގެ ހަތަރު އިރުޝާދު – ދެވަނައަށް އެންމެ މަތީ ލެވެލް ގެ އިވެކުއޭޝަން އިރުޝާދުތައް ނެރެފައިވާ ކަމަށެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ކަގޯޝިމާ ސަރަހައްދަށް އެންމެ މަތީ އެލާޓް ނެރެފައި މިވަނީ، އެތައް ޒަމާނެއް ފަހުން އެއްފަހަރު ނޫނީ ނުފެންނަ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭތީ ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވެސް އިންޒާރެއް ނެރެފައި ވަނިކޮށެވެ.
މިއީ 2013 ވަނަ އަހަރު އޮކިނާވާ ސަރަހައްދުގެ ބޭރުން ތޫފާން ލިންކްޑް ސްޕެޝަލް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ.