logoEN
cocacola
ދާންދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމާލެވޭނެ - އާޒިމް

ދާންދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމާލެވޭނެ - އާޒިމް

އައިޝަތު އިފާޝާ

logo

9/18/2022, 7:40:48 AM

# އާދަމް އާޒިމް# ގއ.ދާންދޫ# އެމްޓީސީސީ

300387536_5383902375053413_8440262025952708378_n

ގއ. ދާންދޫ ބިންހިއްކުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ މެދެއްހާހިސާބަށް އެއްކޮށް ނިންމާލެވޭނެކަމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމް.ޓީ.ސީ.ސީގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ދާންދޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިހާތަނަށްވަނީ 10 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހިއްކަންޖެހޭ 25 ހެކްޓަރުގެ ބިން އަންނަ އޮކްޓޯބަރު މަހުގެ މެދެއްހާހިސާބަށް އެއްކޮށް ހިއްކާ ނިމޭނެކަމަށެވެ.

"ރަށަށް ބޭނުންވާ 25 ހެކްޓަރުގެ އިތުރުން މިރަށުގައި ހުރި އިންޖީނުގެ ރަށުގެ މެދުގައި ހުންނާތީ ކައުންސިލުންވަނީ އެދިފައި އިންޖީނުގެ ރަށުތެރެއިން ދުރަށްލުމަށް ބޭނުންވާ ބިން ހިއްކައިދިނުމަށް. އެހެންކަމުން އަޅުގަނޑުމެން އޮކްޓޯބަރު މަހު މަސައްކަތް ނިންމާލާއިރު އިންޖީނުގެ ޤާއިމުކުރަން ބޭނުންވާ ބިންވެސް ހިއްކާ ނިމޭނެ" އާޒިމް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމަތުދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، ރަށުގައި މިހާރުވެސް އެއްގެއެއްގެ ތެރޭގައި ގިނަ ބަޔަކު ދިރިއުޅެން ޖެހިފައިވާކަމަށެވެ. އަދި ރަށުގައި ބޯހިޔާވަހިކަމަށް ބޮޑު ޑިމާންޑެއްއޮތްއިރު، މިކަމަށް ޙައްލެއް ލިބެންއޮތީ ރަށުގެ ބިން ބޮޑުކޮށްގެންކަން އާސިފްވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެނަށްވުރެ ކުރިން އޮތް ކައުންސިލުން 11 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން 54 ފަރާތަކުންވަނީ ގޯއްޗަށް އެދި ކުރިމަތިލާފައި. އޭގެއިން ވަރަށް ބޮޑަށް އެނގިގެން އެބަދޭ ދެއްތޯ މިމައްސަލަ އޮތް މިންވަރު." އާސިފް ވިދާޅުވިއެވެ.

ދާންދޫ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާ އެސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 240 މީޓަރުގެ ހުރަސްތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. ދާންދޫ ބިންހިއްކާ އެސަރަޙައްދު ޙިމާޔަތްކުރުމަށް ދައުލަތުގެ ބަޖެޓުން 186.6 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ