logoEN
ޕީއެންސީ 2
ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކުރަން ބޭނުންތަ؟ މި މޭވާތައް ކެއުމުން އެކަން ވާނެ!

ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކުރަން ބޭނުންތަ؟ މި މޭވާތައް ކެއުމުން އެކަން ވާނެ!

އައިޝަތު އިފާޝާ

logo

9/17/2022, 3:45:25 PM

# ސިއްޙަތު

cutting-board-with-cut-fruit-top-knife-papaya-watermelon-pineapple-oranges-bananas_404612-200

އިންސާނާގެ ހަށިގަނޑަށް ކޮންމެ މިނެޓަކު ވެސް ވަރަށް ގިނަ ކެމިކަލް ބަދަލުތައް އަންނަ ކަމަށާއި އޭގެ ސަބަބުން ކާނާ ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. މިމަރުހަލާގައި އެއްވެސް ކަހަލަ ރިއެކްޝަނެއް ހަލަބޮލިވެއްޖެނަމަ، އޭގެ ސަބަބުން ބައެއް ފަހަރު ހަންގަނޑަށް އަސަރުކުރާ ޓޮކްސިންތައް ދޫވެ، ބޮލުގައި ރިއްސުން ނުވަތަ ޕިމްޕަލް ނެގުންފަދަ ކަންތައް ކުރިމަތިކުރުވައެވެ.

ޝަރީ 2024

ހަންގަނޑުގެ ދުޅަހެތޮކަމާއި ހަޖަމްކުރާ ނިޒާމުގެ ދުޅަހެޔޮ ކަމާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެގޮތުން ހަޖަމްކުރާ ނިޒާމު ދުޅަހެޔޮ ނަމަ މުޅި ހަށިގަނޑު ދުޅަހެޔޮވެ، ސިކުނޑި ހަމަހިމޭންވެ، މެޓަބޮލިޒަމް އިތުރުވުމާއެކު އިމިއުނިޓީ ރަނގަޅުވެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ހަންގަނޑު ދުޅަހެޔޮވެ، ގުދުރަތީ ގޮތުން އަލިވެގެން ދެ އެވެ.

ހަޖަމްކުރާ ނިޒާމުގެ ދުޅަހެޔޮކަމަށް މޭވާ އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ. މޭވާގައި ހުންނަ ފައިބަރުތަކާއި އެންޒައިމްތަކުގެ ސަބަބުން ހަޖަމުކުރާ ހޮޅި އަށް އޮމާންކަމާ އެކު މަސައްކަތް ކުރުމަށް އެހީތެރިވެދެ އެވެ. މިކަމުގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ނިއުޓްރިއެންޓްތައް އެބްޒޯބް ކުރުމުގައި ރަނގަޅަށް މަސައްކަތް ކުރެ އެވެ.

އިންޑިއާގެ ނިއުޓްރިޝަނިސްޓް ޕްރިސިލާ މެރިއަން، ވަނީ އަހަރެމެންގެ ހަންގަނޑަށާއި ހަޖަމްކުރާ ނިޒާމަށް ވަރަށް ރަނގަޅު މޭވާގެ ލިސްޓެއް ދީ، ހަންގަނޑު އަލިކުރުމަށް އެހީތެރިވެވިދާނެ ގޮތްތައް ކިޔައިދީފަ އެވެ.

ދުޅަހެޔޮ ހަންގަނޑަށް ބޭނުންވާ މޭވާގެ ލިސްޓް:

ފަޅޯ

undefined

ފަޅޮލަކީ އާންމުކޮށް ލިބެން ހުންނަ މޭވާއެކެވެ. އެމޭވާއަކީ ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އޭގައި އެކުލެވޭ މާއްދާއެއް ކަމަށްޗާ ޕެޕޭން އަކީ ހަންގަނޑުގެ ކުލަ އަލިކޮށް ހަންގަނޑު އޮމާންކޮށްދޭ ބާވަތެކެވެ. އަދި އޭގައި އެކުލެވޭ ކޮލަޖަންގެ ސަބަބުން އަންގަނޑުގެ ވިލުން ރަނގަޅުވެ، އޭގެ ސަބަބުން ހަންގަނޑު އަނަރޫފަވުން ކުޑަކޮށްދެއެވެ. ފަޅޮލަކީ ވިޓަމިން އޭ އަދި ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ.

ނިއުޓްރިޝަނިސްޓްގެ ޓިޕް: ހަޖަމްކުރާ ނިޒާމް އަދި ހަންގަނޑުގެ ސިއްހަތަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ފަޅޯކާށެވެ. އަދި ކުޑަ އަސޭމިރުސްކޮޅަކާއި އެއްކޮށްލުމަށްފަހު މޫނުގައި ހާކާލުމަށްފަހު 10 މިނެޓަށް ދޫކޮށްލާށެވެ. މިކަމުގެ ސަބަބުން ހަންގަނޑު ތާޒާވެ، އުޖާލާކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ އެވެ.

ކަރާ

undefined

ވިޓަމިން އޭ، ސީ އަދި އީ އާއެކު ގިނަ އަދަދަކަށް ފެނުގެ ކޮންޓެންޓް އެކުލެވިގެންވާ ކަރާ އަކީ ހަންގަނޑު ހައިޑްރޭޓްކޮށްދީ ކޮލަޖަން ސްޓިމިއުލޭޓްކޮށްދޭ އެއްޗެކެވެ. ކަރަލުގެ ތޮށީގައި ހުންނަ އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީސް އަކީ އިރުގެ އަލިން ހަންގަނޑު އެނދުމަށް ހުރަސް އެޅުވުމަށް އަދި ގުދުރަތީގޮތުން މަރުވެފައިވާ ހަންގަނޑު ނެތިކޮށްލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކަރަލުގައި ހުންނަ ލައިކޯޕީން އަކީ ގެއްލުންދެނިވި އިރުގެ ދޯދިތަކުން އަހަރެމެންގެ ހަންގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ.

ނިއުޓްރިޝަނިސްޓްގެ ޓިޕް: ހަންގަނޑުގެ ސިއްހަތަށް ދުވާލަކު ވަކި މިންވަރެއް ކާލާށެވެ. ކަރަލުގެ ތޮށިގަނޑު ފޮތިކޮށް ނޫނީ ކުޑަކޮށް ކޮށާލުމަށްފަހު 15 މިނެޓު ވަންދެން ފްރިޖަށް ލާފައި ބަހައްޓާށެވެ. އޭގެ ފަހުގައި ފިނިކުރި ތޮށިގަނޑުގެ ބައިތަށް މޫނުގައި އުނގުޅާލާށެވެ.

ދޮންކެޔޮ

undefined

ދޮންކެޔޮ އަކީ އޭގައި ޕޮޓޭސިއަމް، މެންގަނީޒް، ކެލްސިއަމް، ވިޓަމިންސް (ސީ، ބީ6، ބީ12) އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ މޭވާއެކެވެ. މީގެ ސަބަބުން ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑުގެ އޮމާންކަން ވެސް އިތުރުކޮށްދެއެވެ. ދޮންކެޔޮގައި އެކްޒީމާ އާއި ސޯރިއޭސިސް ފަދަ ހަންގަނޑުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް އެހީތެރިވެދޭ ގުދުރަތީ ބާވަތްތައް ހިމެނެއެވެ. އޭގައި ހުންނަ ބަޔޮޓިން ގެ ސަބަބުން ސެލް ބައިބައިވުމުގެ މަސައްކަތް އަވަސްވެ، އޭގެ ސަބަބުން ހަމުގައި ހުންނަ ބިހިތައް ވަކިކުރުމަށް އެހީތެރިވެދެއެވެ.

ނިއުޓްރިޝަނިސްޓްގެ ޓިޕް: ހަޖަމްކުރުމުގެ ނިޒާމުގެ ފަންކްޝަން ރަނގަޅުކޮށް ހަންގަނޑުގެ ދުޅަހެޔޮކަމަށް ދުވާލަކު އެއް ދޮންކެޔޮ ކާލާށެވެ.

އަލަނާސި

undefined

އަލަނާސި އަކީ އޭގައި މިނަރަލްސް، ވިޓަމިންސް، އެންޓިއޮކްސިޑެންޓްސް އަދި ބްރޮމެލިން ނަމަކަށް ކިޔާ ބާރުގަދަ އެންޒައިމް އަކުން ފުރިގެންވާ މޭވާއެކެވެ. މި އެންޒައިމް އަކީ ޑެޑް ސްކިން ސެލްތައް ދިރުވުމަށް އެހީތެރިވެދީ، ހަންގަނޑުގައި އިންފްލެމޭޝަން މަދުކޮށް، ސެލް ރީޖެނެރޭޝަން ޕްރޮސެސް އަށް ބާރުއަޅާ އެންޒައިމް އެކެވެ. އަލަނާސިއަކީ ހަންގަނޑު ސާފުކޮށްދީ، ހަޖަމްކުރުމުގެ ނިޒާމުގެ މައިކްރޯފްލޯރާ ރަނގަޅުކޮށްދީ، ހަށިގަނޑުގެ ޖުމްލަ ސިއްހަތަށް އެހީތެރިވެދޭ މޭވާއެކެވެ.

ނިއުޓްރިޝަނިސްޓްގެ ޓިޕް: ރަނގަޅު ވިޓަމިން-ސީ ބޫސްޓެއް ހޯދުމަށް ރަނގަޅަށް ދޮންވެފައިވާ އަލަނާސި ކެއުމަށް އާދަކުރާށެވެ.

ހުރިހާ ވައްތަރެއްގެ މޭވާއަކީ ވެސް ގިނަ ފައިދާތަކެއް އެކުލެވޭ ހަންގަނޑުގެ ސިއްހަތަށް ރަނގަޅު މޭވާތަކެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ހަންގަނޑު އޮމާންކުރުމަށް ދުވާލަކު މަދުވެގެން ތަފާތު ދެ މޭވާ އެއް ރޫޓީންގެ ތެރެއަށް ވައްދަން މަސައްކަތް ކުރާށެވެ. ވިޓަމިން-ސީ ގިނައިން އެކުލެވޭ މޭވާއެއް މަދުވެގެން ދުވާލަކު އެއް ފަހަރު ބޭނުންކުރާށެވެ.

މާބަނޑުވުމާއި ވިހެއުމުގެ މަރުހަލާއަށް ބަލާއިރު، ހަޖަމުކުރުމަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި ފައިބަރ އެކުލެވޭ މޭވާތައް ރަނގަޅު ގޮތުގައި އެބްޒޯބްކޮށްގެން މައިމީހާ އާއި ދަރިފުޅުގެ ކާނާ އަށް، މޭވާއަކީ މައިގަނޑު ރޯލު އަދާކުރާ ބާވަތެއް ކަމަށް ޕްރިސިލާ މެރިއަން ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ