typhoon-muifa2-680x0-c-default
ޝަންހާއީގެ ދެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފި އެވެ.

ތޫފާން މުއިފާ ޗައިނާއަށް އަރައި، ޝަންހާއީގެ ދެކުނު އިރުމަތީ ސިޓީއެއް ކަމަށްވާ ޒޫޝާން އަށް އަރައި ބޮޑެތި ގެއްލުންތަކެއްވަނީ މިހާރުވެސް ވަނީ ލިބިފައެވެ.
މިއީ މިއަހަރު މެއިންލޭންޑް ޗައިނާއަށް އެރި 12 ވަނަ ސައިކްލޯން ކަމަށްވާއިރު، ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ ތޫފާނެވެ.
ތޫފާނުގެ އިންތިޒާރުގައި އައްސޭރިފަށުގެ ސަރަހައްދުތައް މަޑުޖެހި، އެތައް ފްލައިޓެއް ވަނީ ފަސްކޮށްފައެވެ.
ޝަންހާއީގެ ބައެއް ސަރަހައްދުތަކުގައި ވަގުތީ އިވެކުއޭޝަން ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ.
އެގޮތުން ޝަންހާއީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނިންގްބޯގައި ސްކޫލްތައް ބަންދުކޮށް ރެޑް އެލާޓް ނެރެފައި ވާއިރު، މިއީ ޗައިނާގެ އެންމެ ބޮޑު މޫސުމީ އިންޒާރު ކަމަށް މައުލޫމާތު ދެއެވެ.
"ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ފްލަޝް ފެންބޮޑުވުމާއި ޖިއޮލޮޖިކަލް ކާރިސާތަކުން ރައްކާތެރިވުމަށް ކަމާ ގުޅޭ ސަރަހައްދުތަކުން ސަމާލުކަން ދޭން ޖެހޭ،" ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ތޫފާނުގެ ކުރިން 7400 އެއްހާ ކޮމާޝަލް ބޯޓު، ޒެޖިއާންގް ޕްރޮވިންސްގެ ބަނދަރުތަކުން ހިޔާވަހިކަން ހޯދާފައި މިވަނީ، ތޫފާނުގެ ކުރިން އެނބުރި ގައުމަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން އެންގާފައިވާ ދަނޑިވަޅެއްގައި އެވެ.
މި ތޫފާން ޗައިނާގެ އެކި ހިސާބުތަކަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގެ 31 ޕްރޮވިންސްގެ ތެރެއިން 12 ޕްރޮވިންސަކަށް މި ތޫފާނުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.