logoEN
ޕީއެންސީ 2
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވޭ އިސްލާހު ތަސްދީގުކުރައްވައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވޭ އިސްލާހު ތަސްދީގުކުރައްވައިފި

Admin

logo

1/21/2021, 5:58:38 PM

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

Screenshot 2020-11-12 at 20.39.41

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން, ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގަވާއިދަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފިއެވެ.

ޝަރީ 2024

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނުގައިވާގޮތުން އިންތިހާބު ބޭއްވޭނީ އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ގާނޫނުގައި ބުނެއެވެ.

ގާނޫނުގައި އޮތް އެ ހުރަސް ހައްލުކުރުމަށް 'ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅުމަށްފަހު މިހާރު އެ އިސްލާހުވަނީ ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފައެވެ. މި އިސްލާހާއެކު އާންމު ސިއްހަތުގެ ކުއްލި ހާލަތު އުވާނުލިނަމަވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިގެންވެއެވެ.

އެ އިސްލާހުގެ ދަށުން އިންތިހާބު ކުރިއަށް ގެންދެވޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިން ތަކެއްގެ މަތިންކަމަށް ބުނެފައިވއެވެ. އަދި، މި ގައިޑްލައިންތައް، އިންތިހާބާއި ގުޅޭ ކަންކަން އީސީއިން ނިންމާތާ 7 ދުވަހުގެ ތެރޭގައި އާންމުކުރުމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ. މިހާރު އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ