
MIRA
މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން މީރާއިން ނިންމައިފި އެވެ.

މީރާ އިން ބުނެފައިވާ ގޮތުގައި މި މީހުންގެ ނަން މިމަހު ހާމަކުރާނެ ކަމަށެވެ. އަދި ނަން ހާމަކުރާނީ އަހަރުގެ އެކި މަސްމަހުގައި ކަމަށްވެސް މީރާއިން ބުނެއެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޯބަރު މަހުގައި ހާމަކުރާނެ ކަމަށްވެސް މީރައިން ބުނެ އެވެ.
މީރާއިން ބުނީ ދައުލަތަށް ދައްކަންޖެހޭ އެކަމަކު ނުދައްކަ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް މިހާރު އަޅަން ފަށައިފައިވާ ކަމަށެވެ. އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ މީހުން އެ ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ މީހުން ލަސްނުކޮށް، ޓެކްސް ދެއްކުމަށް ނުވަތަ މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ގުޅުންހުރި

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގަސްދުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ބޭސް ވިއްކާ ފަރާތަކަށް ދައުވާކުރަން ފޮނުވައިފި

އޭޕްރިލް މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ
