logoEN
Sto top
އޭޕްރިލް މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ

އޭޕްރިލް މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ

އަލްފާ އަލީ

logo

5/13/2024, 2:54:36 PM

# ދައުލަތުގެ އާމްދަނީ# މީރާ

--

މިއަހަރުގެ އޭޕްރީލް މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.11 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަކާ އަޅާބަލާއިރު 13.6 ޕަސެންޓް އިތުރު އަދަދެކެވެ.

Wamco

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, މިއަހަރުގެ އޭޕްރިލް މަހު މީރާއަށް ލިބިފައިވަނީ 2.11 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރު މި މުއްދަތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދަށްވުރެ 4.8 ޕަސެންޓް އިތުރު އަދަދެކެވެ.

އޭޕްރިލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. މިގޮތުން ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން 1.45 ބިލިއަން ރުފިޔާއަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ހިއްސާ ކުރަނީ އިންކަމް ޓެކްސް އެވެ. އޭޕްރިލް މަހު އިންކަމް ޓެކްސްގެ ގޮތުގައި,148.81 މިލިއަން ރުފިޔާ މީރާއިން ވަނީ ބަލައިގެންފައެވެ.

އޭޕްރިލް މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 108.76 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 192.44 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އާމްދަނީ އިތުރުވާން ދިމާވި ސަބަބަކީ ޖީއެސްޓީ, އެއަރޕޯޓު ޓެކުހާއި ފީ، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ. އަދި ފަތުރުވެރިން އަންނަ އަަދަދު އިތުރުވުމަކީވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside