
-
ގަސްދުގައި ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ޑޮކްޓަަރީ ބޭސް ވިއްކާ ފަރާތަކަށް ދަޢުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ, ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް ވިއްކާ ފަރާތެއް ކަމަށްވާ ޙުސައިން ޢިރުފާން، ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެމައްސަލަ ތަޙުގީގުކޮށް ޖިނާއީ މައްސަލައެއްގެ ގޮތުގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައަކީ ޓެކްސް ދައްކާ ފަރާތުން ޓެކްސް އަހަރު 2018 - 2020 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭތީ، އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ މީރާއިން ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.
ޙުސައިން ޢިރުފާނަކީ ރާއްޖޭގައި ޑަކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ. އަދި އެ ފަރާތުގެ ހޯލްސޭލް ވިޔަފާރިކަމުގައިވާ "މައި ކެމިސްޓް ގޯޑައުން"އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް އެ ފަރާތުން 2018، 2019 އަދި 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.
ޓެކްސް ދައްކާ ފަރާތުން އެވަރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީގެ މައުލޫމާތު މީރާއަށް ހުށަހަޅާފައިނުވާ ކަމަށް އެކުންފުނިން ކުރިއަށް ގެންދިޔަ އޮޑިޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޮޑިޓުތަކުގައި 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޓެކްސްގެ ގޮތުގައި އިތުރަށް ދެއްކުމަށް ޙުސައިން ޢިރުފާނަށް އަންގާފައިވާކަމަށްވެސް މީރާއިން ބުނެފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގައި އޮންނަ ގޮތުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސްކަމެއް ކުރުމަކީ ކުށެކެވެ. މީރާއިންވަނީ އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދާކަމަށް ޝައްކު ކުރެވޭނަމަ އެ މަޢުލޫމާތު ޙިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގަސްދުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ބޭސް ވިއްކާ ފަރާތަކަށް ދައުވާކުރަން ފޮނުވައިފި

އޭޕްރިލް މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ
