logoEN
cocacola
މާރިޗު މަހު ދައުލަތަށް 2.94 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

މާރިޗު މަހު ދައުލަތަށް 2.94 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

އަލްފާ އަލީ

logo

4/16/2024, 12:34:33 PM

# ދައުލަތުގެ އާމްދަނީ# މީރާ

--

މިއަހަރުގެ މާރޗް މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް 2.94 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %34.4 އިތުރު އަދަދެކެވެ.

ގޮސިޔާ

މި އަހަރުގެ މާރިޗުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އަދި މީގެއިތުރުން ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކާފައިވާތީ މާރިޗްމަހު ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.އަދި، މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީވެސް މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިންވަނީ ބުނެފައެވެ.

މާރޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީން 1.52 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 589.65 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 113.80 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ