
adultHandFootMouthDisease-915139544-770x533-1
ރާއްޖޭގައި މިވަހުތު ހަލުވިކަމާއެކު 6 ބައްޔެއް ފެތުރެމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާންކުރީ އިއްޔެ އެވެ. އެ ބަލިތަކުގެ ތެރޭގައި ހޭންޑް ފުޓް އެންޑް މައުތް ހިމެނެއެވެ. މިއީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނެތް އިރު، މިފަދަ ބައްޔެއް ހަލުވިކަމާއެކު ފެތުރޭ ދުވަސްވަރެއްގައި ބައްޔާ ގުޅޭ ގޮތުން ފުރިހަމަ މައުލުމާތު އެނގިހުރުމަކީ މުޙިއްމު ކަމެކެވެ.

https://gaafu.mv/77243
ހޭންޑް ފުޓް އެންޑް މައުތް އަކީ ކޮބާ؟
ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ކުޑަ ކުދިންގެ ގައިން ގަޔަށް އަރާ އާދައިގެ ވައިރަލް އިންފެކްޝަނެކެވެ. އަލާމާތްތަކުގެ ތެރޭގައި އަނގައިގެ ތެރޭގައި ފޮޅު ނެގުމާއި، އަތްއަދި ފައިގައި ބިހި ނެގުން ހިމެނެއެވެ. ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒް އެންމެ އާންމުކޮށް ޖެހެނީ ކޮކްސްސީވައިރަސް ގެ ސަބަބުންނެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާއްމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
ބަލީގެ އަލާމާތްތައް:
ބަލީގެ އަލާމާތްތައް ފެންނަ ފަށާނީ ބަލި ހަށިގަނޑުގައި އަށަގަންނަތާ 3 ދުވަހާ 7 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ.
ހުން އައިސް ބޮލުގައި ރިއްސުން
ކަރުތެރެ ފާރުވުން
އަތް ތިލައާއި ފައިތިލައިގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން
ކާހިތް ނުވުން
ވަރު ދެރަވުން
ބަލި ފެތުރޭ ގޮތް:
މި ބަލި ބޮޑަށް ފެތުރެނީ ބަލި ޖެހިފައިވާ ކުއްޖާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި އަތާއި ފައިގައި ނަގާ ފޮޅުން އުފެދޭ ދިޔައިންނެވެ. ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންވެސް މި ބަލި ފެތުރެ އެވެ.
ރައްކާތެރިވާނެ ގޮތް:
ގިނައިން އަތް ދޮވުން
އާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން
ބަލި ޖެހިފައިވާ ބޭރަށް (ޚާއްސަކޮށް ސްކޫލަށް) ނުގެންދިއުން
ބޭނުންކޮށްފައިވާ ޓިޝޫ، ނެޕީ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން