
އެމެރިކާއަށް މުސްލިމުން އެތެރެވުމާއި ދެކޮޅަށް ޓްރަމްޕް ނެރުނު އަމުރު ބައިޑެން އުވާލައިފި
# އެމެރިކާ# ބައިޑެންjoe biden
އެމެރިކާ އަށް މުސްލިމުން އެތެރެވުން މަނާ ކުރަން އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުނު އަމުރު، އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އުވާލައްވައިފިއެވެ.

ބައިޑެން އެ އަމުރު އުވާލެއްވީ ހުވާ ކުރެއްވިތާ މާގިނަ އިރުތަކެއް ނުވަނީސް ވައިޓް ހައުސް އަށް ވަޑައިގަތުމަށްފަހު އެވެ.
އެގޮތުން ބައިޑެން ވަނީ އެ އަމުރާއެކު ޓްރަމްޕްގެ ވެރިކަމުގައި ކުރި 15 ކަމަކަށް ބަދަލު ގެނައުމަށް ނިންމަވައި ރޭ ސޮއިކުރައްވާފައެވެ. އަދި ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލަން ޓްރަމްޕް ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރެއްގައި ބައިޑެން ސޮއިކުރެއްވުން ހިމެނެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން މުސްލިމުންނަށް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ޓްރަމްޕް ނިންމި ބޮޑު އެއް ނިންމުމަކީ މުސްލިމް އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުންނަށް ވަނީ އެގައުމަށް އެތެރެވުން މަނާ ކުރުމެވެ.
ގުޅުންހުރި

ޓްރަމްޕުގެ އޯޑަރެއް ތަންފީޒުކުރުމަށް ހުރަސްއެޅިކަމަށްބުނެ އެފްބީއައިއޭއިން ފަނޑިޔާރަކު ހައްޔަރުކޮށްފި

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޗައިނާއަށް!
