
joe biden
ކޮވިޑް-19 ފެތުރެމުން އަންނަ އެމެރިކާގެ ސަރުކާރު މުއައްސަސާތަކުގެ މީހުން މާސްކު އެޅުން އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން މަޖްބޫރު ކުރައްވައިފިއެވެ.

ބައިޑެން މި ނިންމުން ނިންމެވި އިރު މިއީ މީގެ ކުރިން ސިއްހީ މާހިރުން ވިދާޅުވެގެން ވެސް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެދި ކަމެކެވެ. އަދި އާންމު ރައްޔިތުންނަށްވެސް ފެންނާނެހެން ޓްރަމްޕް ވަނީ މާސްކު ނާޅައި ބޭރުގައި އުޅެފައެވެ.
އެންމެ ބޮޑު އިސްކަމެއްގެ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ނިންމަވައިގެން ހުރެ ބައިޑެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 100 ދުވަހުގައި މާސްކު އަޅަން ޖެހޭ ކަމަށާއި އަދި ހާއްސަ ގޮތެއްގައި ސަރުކާރުގެ މުއައްސަސާތަކުގެ މީހުން މާސްކު އެޅުން މަޖުބޫރު ވާނެ ކަމަށެވެ.
ބައިޑެން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އަންނަނީ ކޮވިޑް-19 އިން އަރައިގަތުމާއި އިގުތިސޯދާއި ގުޅުން ހުރި ކަންކަން ކައިރިން ބައްލަވަމުންނެވެ. އަދި މިހާރުވެސް ދަނީ ބޮޑެތި ނިންމުންތައް ނިންމަމުންނެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލަން ޓްރަމްޕް ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރެއްގައި ބައިޑެން ސޮއިކުރެއްވުން ހިމެނެއެވެ.
ގުޅުންހުރި

މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތު - ޓްރަމްޕު

އުދީދު ބޭސްއަށް ދިން ހަމަލާގެ ބަދަލުހިފުމަށް އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ޓްރަމްޕު ނުގެންގުޅޭ - ނިއުޔޯކްޓައިމްސް

އެމެރިކާގެ ކުރީގެ ރައީސް ބައިޑަންއަށް ކެންސަރު ޖެހިއްޖެ
