logoEN
Sto top
އިދިކޮޅުން ބުނަނީ، ރާއްޖެ ގެނައި ވެކްސިނަކީ ޑަބްލިއުއެޗްއޯ ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް!

އިދިކޮޅުން ބުނަނީ، ރާއްޖެ ގެނައި ވެކްސިނަކީ ޑަބްލިއުއެޗްއޯ ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް!

އަޙްމަދު ޖަމީލު

logo

1/21/2021, 9:24:24 AM

# އިދިކޮޅު ކޯލިޝަން

idhikolhu ppm

ސަރުކާރުން ރާއްޖެ ގެނައި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

Wamco

އިއްޔެ ރާއްޖެ ގެނައި ވެކްސިނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުން އުފެދޭ ތަފާތު "ރިއެކްޝަންސް" ތަކާއި މެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް އިންޑިއާއިން ފޯރުކޮށްދިން ވެކްސިން ވާންޖެހޭނެ ކަމަށެވެ.

އަދި ކިތަންމެ ބޮޑު ހަރަދެއް ކޮންގެން ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ ގެންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގަބޫލުކުރާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމިއްޔާ އިން ކަށަވަރުކޮށްދީފައިވާ ވެކްސިނެއް ކަމަށް އިދިކޮޅުން ބުނެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަކީ އެ ކޯލިޝަނުން އެންމެ އިސްކަންދޭ އެއް ކަން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް އިންޑިއާ އިން އިއްޔެ ހަދިޔާކުރި ވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒްއެކެވެ. މިހާރު އެ ވެކްސިން ވަނީ ރާއްޖޭގައި ގުދަން ކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside