
vaccines
އަށާރަ އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް ކޮވިޑް-19 ވެކްސިންގެ 4 ވަނަ ޑޯޒް ދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭނީ ތިން ވަނަ ޑޯޒު ޖެހިތާ ހަތަރު މަސްވެފައިވާ މީހުންނަށް ކަމަށެވެ.
ތަރު ވަނަ ޑޯޒްގެގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިނެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށާއި، އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށެވެ.
މީގެ އިތުރުން 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ހުރި ފަރާތްތަކަށްވެސް ވެކްސިން ސެންޓަރ ތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެޗްޕީއޭއިން ވަނީ އެންމެންގެ ރައްކަލަށް ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފަ އެވެ.