
maxresdefault
ކޮވިޑް-19 އަށް ފައްސިވި ބަޔަކު ފެނުމާއި ގުޅިގެން މޮނީޓަރިންގހާލަތަށް ގެނައި ގއ. ވިލިނގިލީގެ މޮނީޓަރިންގ ހާލަތު އުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ މިކަން ރަސްމީކޮށް ގއ ވިލިނގިލި ކައުންސިލަށް އަންގާފައެވެ. އަދި މި ލިޔުމުގެ ކޮޕީއެއް ގާފު އަށް ވަނީ ލިބިފައިއެވެ.
ގއ ވިލިނގިލި މޮނީޓަރިންގ ގެ ހާލަތަށް ގެނެވުނީ 14 ޖަނަވަރީގައި އެވެ. އެރަށް ކަރަންޓީންކޮށްފައި ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު މަދަރުސާގައި ކިޔަވަމުންދާ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ ދަރިވަރާއި އޭނާގެ ގޭގައި އުޅޭ އިތުރު ދަރިވަރަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެރަށުން ފުރަތަމަ ފައްސިވި ދަރިވަރަކީ ގއ ދާންދޫ ކްލަސްޓާރ އާއި ގުޅުންހުރި ދަރިވަރެެކެވެ.
އެޗްޕީއޭއިން ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެރަށުގެ މޮނީޓަރިންގ އުވާލާފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.
ވިލިނގިލި ނިސްބަތްވާ ގއ އަތޮޅުގެ އިތުރު ދެރަށެއް އަދިވެސް އޮތީ މޮނީޓަރިންގ ގެ ހާލަތުގައި އެވެ. އެއީ ގއ ދެއްވަދޫ އާއި ގއ ދާންދޫއެވެ. މި ދެ ރަށުންވެސް ގިނަ ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.
ގުޅުންހުރި

އަލިފާނުގެ ހާދިސާގައި ސްކޫލަށް ލިބުނީ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓޭނެ ހެން ކަންކަން އިންތިޒާމް ކުރެވޭނެ - އެޑިއުކޭޝަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކޮށްފި

.gif&w=3840&q=75)


