logoEN
ޕީއެންސީ 2
އިލެކްޝަންސް ކޮމިޝަނަށް ހުޅުމާލެއިން ބިމެއް ދީފި

އިލެކްޝަންސް ކޮމިޝަނަށް ހުޅުމާލެއިން ބިމެއް ދީފި

އައިޝަތު އިފާޝާ

logo

9/5/2022, 12:10:49 PM

# އިލެކްޝަންސް ކޮމިޝަން# ހުޅުމާލެ

ELections

އިލެކްޝަންސް ކޮމިޝަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި ޖާގަ ތަނަވަސް ބޮޑު ބިމެއް ހުޅުމާލެއިން ހަމަޖައްސައިފިއެވެ.

ޝަރީ 2024

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭނުން ކުރަމުންދިޔަ ބާ ޖަމާލުއްދީން ހުސްކުރުމާއި ގުޅިގެން ކޮމިޝަންގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ. އިލެކްޝަންސްގެ އިދާރީ ބައެއް މަސައްކަތްތަކާއި، އިންތިޚާބާއި ބެހޭ މުހިންމު މަސައްކަތްތައް މީގެ ކުރިން ކުރަމުން ދިޔަ ބާ ޖަމާލުއްދީން ވަނީ އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ހަމަޖައްސާފައެވެ. އިމާރާތުގައި ހުރި އިލެކްޝަންސްގެ މުދަލާއި، ސާމާނުވަނީ ފޮރިން މިނިސްޓްރީން ކުރިން ހިންގި އިމާރާތަށް ބަދަލުކޮށްފައެވެ. ބާ ޖަމާލުއްދީން ހުސްކުރަން ޖެހުމުން އިލެކްޝަންސަށް ވަނީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި އިލެކްޝަންސަށް އޮތް އެންމެ ބޮޑު ދައްޗަކީވެސް ޖާގައިގެ ދަތިކަމެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ބޭނުން ކުރަމުންދާ އެކޮމިޝަންގެ މައި އިދާރާއަކީ ކޮމިޝަންގެ އެންމެ އާދައިގެ މަސައްކަތްތައްވެސް ކުރެވޭ ވަރަށްވުރެ ޖާގަ ކުޑަ ތަނެކެވެ.

ޖާގައިގެ މައްސަލައަށް އޮތް ހައްލު ހޯދުމަށް އިލެކްޝަންސްއިން ވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށްފައެވެ. މިމަޝްވަރާތަކަށްފަހު އިލެކްޝަންސް ކޮމިޝަނަށް ވަނީ މުޅިން އައު އިމާރާތެއް އަޅަން ޖާގަ ބޮޑު ބިމެއް ހުޅުމާލެއިން ހަމަ ޖައްސާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ޖާގައިގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއާއެކު ކުރެވުނު މަޝްވަރާގައި ހުޅުމާލެއިން ބިމެއް ހަމަޖައްސައި ދެއްވާފައިވަކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވައިގެން އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން އެޗްޑީސީން މިހާރު ހުޅުމާލޭގައި އެކަށީގެންވާ ބިމެއް އަޅުގަނޑުމެންނަށް ކަނޑައަޅުއްވައި ދެއްވައިފި. ވަރަށް އަވަހަށް ފިނޭންސް މިނިސްޓްރީން ދައްކަވަންޖެހޭ ފައިސާ ދައްކަވައިގެން އެކަން ކުރިއަށްދާނެ. ދެން އެއީ އަދި ހުސްބިމެއް. ނަމަވެސް އެކަށީގެންވާ ބޮޑު ބިމެއް ލިބުމަކީ މުސްތަގުބަލަށް ބަލާއިރު ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް." ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުޅުމާލެއިން ހަމަޖެއްސި ބިމަކީ 15،000 އަކަފޫޓުގެ ބިމެކެވެ. އިލެކްޝަސްއިން މަސައްކަތް ކުރަމުންދަނީ ބިމުގެ ރަޖިސްޓްރީގެ ކަންކަން ހަމަޖެހުމާއިއެކު އިމާރާތުގެ މަސައްކަތް ފެށުމަށެވެ. އިންތިޚާބާއި ދޭތެރޭ އޮތް މުއްދަތުގައި ބޮޑު އިމާރާތެއް ނޭޅުނު ނަމަވެސް އިންތިޚާބަށް ބޭނުންވާ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަގުތީ އިމާރާތެއްނަމަވެސް އެބިމުގައި އެޅުމަށް މަސައްކަތް ކުރާނެކަމަށް ފުއާދު ވިދާޅުވިއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް 120 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބަޖެޓް ކަނޑައަޅާފައިވަނީ އިންތިޚާބުގައި ދެބުރު ބާއްވަން ޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެލުމަށްފަހުއެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ