logoEN
ޕީއެންސީ 2
ބައިޑަން ހުވައިކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ސަލާމަތީކަންކަން ވަރުގަދަކޮށްފި!

ބައިޑަން ހުވައިކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ސަލާމަތީކަންކަން ވަރުގަދަކޮށްފި!

biden-inauguration-defending-against-cyberthreats-showcase_image-8-a-15772

އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާގެ ކެޕިޓޯލްގައި ހިގި ހަމަނުޖެހުމަށްފަހު، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ ހުވައިކުރައްވާ ދުވަހާއި ދިމާކޮށް ކުރިމަތިވެދާނެ ހަމަނުޖެހުމަކަށް އެމެރިކާއިން އަންނަނީ ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން އެމެރިކާގެ ސްޓޭޓުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އިންތިޚާބީ ރައީސް ބައިޑަން ރައީސްކަމުގެ ހުވައި ކުރެއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައެވެ.

ޝަރީ 2024

ބައިޑެން ހުވައިކުރާ ދުވަހާއި ދިމާކޮށް ހަތިޔާރާއިއެކު ބޮޑެތި އެއްވުންތައް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާކަމަށް އެމެރިކާގެ މައި ޖާސޫސީ އިދާރާ އެފްބީއައިއިން، ސްޓޭޓުތަކުގެ ފުލުސް އިދާރާތަކަށް ވަނީ އަންގާފައެވެ.

އެފްބީއައިން ސްޓޭޓްތަކުގެ ޕޮލިސް ޑިމާޓްމަންޓްތަކަށް މިފަދަ އިންޒާރެއް ދީފައިވަނީ މީގެ ދުވަސްތަކެއް ކުރިން، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ތާއިދުކުރާ ފަރާތްތަކެއް އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޤަނޫނުހަދާ މަޖިލީސް ހިންގާ ކެޕިޓޮލް އިމާރާތަށް ވަދެ ތަފާތު ހަމަނުޖެހުން އުފައްދައި ބޮޑެތި ގެއްލުންތައް ދީފައިވަނިކޮށެވެ.

އެމެރިކާގެ ބާރަ ސްޓޭޓެއްގައި ވަނީ ސަލާމަތީކަންކަން ވަރުގަދަކޮށްފައެވެ. މިގޮތުން މިޝިގަން ، ވަރޖިނިއާ، ވިސްކޮންސިން، ޕެންސިލްވީނިއާ އަދި ވޮޝިންޓަން ފަދަ ސްޓޭޓޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނޭޝަނަލް ގާޑުގެ އޮފިސަރުންވަނީ ނެރެފައެވެ. އަދި ވޮޝިންޓަންގައި ކެޕިޓޮލް އިމާރާތް ބަންދުކޮށްފައި ވާއިރު، ގިނަ ޢަދަދެއްގެ ސިފައިން އަންނަނީ މަގުތަކުގައި ޙަރަކާތްތެރިވަމުންނެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ އެފްބީއައި އަދި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި ކެޕިޓޮލް އިމާރާތުގައި ހިނގި ހަމަނުޖެހުމާއި ގުޅުންހުރި ފަރާތްތަކާއި، އަދި އިދިކޮޅު ފިކުރަށް ތާއިދުކުރާ ފަރާތްތަކުން ބައިޑަންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ދިމާކޮށް އިތުރު ހަމަނުޖެހުންތައް ހިންގުމުގެ ފުރުޞަތު ބޮޑެވެ. އަދި މިފަދަ ފަރާތްތަކުން އިންތިޚާބުގެ ނަތީޖާއާއިގުޅޭގޮތުން ދައްކަމުންދާ ހަޤީޤަތާއި ޚިލާފު ތުހުމަތުތަކަކީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ހަމަނުޖެހުން އުފެއްދުމަށް ލިބޭ އިތުރު ބާރެއްގެ ގޮތުގައި ދެކޭކަމުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ