logoEN
cocacola
ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވާއިރު، ވިސްނަންވީ އިޖުތިމާއީ ފޭރާން އިއާދަ ކުރެވޭނެ ގޮތަކާމެދު - ޝަހީމް

ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވާއިރު، ވިސްނަންވީ އިޖުތިމާއީ ފޭރާން އިއާދަ ކުރެވޭނެ ގޮތަކާމެދު - ޝަހީމް

އައިޝަތު އިފާޝާ

logo

8/30/2022, 10:31:03 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# ރިޔާސީ އިންތިޚާބު 2023

Shaheem

ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވާއިރު، ވިސްނަންވީ އިޖުތިމާއީ ފޭރާން އިއާދަ ކުރެވޭނެ ގޮތަކާމެދުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޑރ ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު، ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާއީ ގޮތުން ހަލާކުވަމުންދާ މުޖުތަމައުގެ ފޭރާން އިއާދަ ކުރެވޭނެ ގޮތެއްގެ މައްޗަށް ކަމަށާއި، ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ގައުމުގެ މިސްރާބު ހުރެއްޖެ ނަމަ ގައުމު ފަނާވެދާނެ ކަމަށެވެ.

View post on Twitter

ޑރ ޝަހީމް މިމޭރުމުން ވިދާޅުވެފައިމިވަނީ، ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަންތަކާ ގުޅިގެން ސަރުކާރުން މާ ބޮޑު ފިޔަވަޅެއް އެޅުމުގައި ނުކުޅެދިފައިވާކަންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ