
އައިޖީއެމްއެޗް ގައި ކެންސަރު ބައްޔަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށް ބީއެމްއެލުން އެހީވަނީ!
# ބީއެމްއެލް# އައިޖީއެމްއެޗްsasasasdsaddasd
ބޭންކް އޮފް މޯލްޑިވްސްއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ހާއްސަ ވޯޑެއް ހަދަން 3.5 މިލިއަން ރުފިޔާ ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ބޭންކުން ސޮއިކުރެއްވީ އިންޗާޖު އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީނެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.
އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު ބީއެމްއެލްގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ، އެ ފައިސާގެ އެހީގައި ހަދާ ވޯޑުގެ ސަބަބުން، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ދިމާވެފައި ދަތިތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ވޯޑުގެ ސަބަބުން ސިއްހީ ހިދުމަތް އިތުރަށް ތަރައްގީވެ، ފުޅާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވަނީ ބީއެމްއެލްއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ވޯޑު ގާއިމުކުރެވުމުން، ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ، މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.
ޖުލައި: ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުން
ޖޫން: ބީއެމްއެލް ފެހި ޕްރޮޖެކްޓް
މޭ: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
މާރިޗު: ސްމޯލް ގްރާންޓްސް
ފެބުރުވަރީ: ހައުސިންގ ގްރާންޓް
ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ހަރަކާތްތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
