logoEN
Sto top
އޮކްސްފޯޑް ޔުނިވަރސިޓީން ރާއްޖޭގައި ކަނޑުއަޑީގެ ދިރާސާއެއްކުރަނީ

އޮކްސްފޯޑް ޔުނިވަރސިޓީން ރާއްޖޭގައި ކަނޑުއަޑީގެ ދިރާސާއެއްކުރަނީ

# ރާއްޖެ# ެޮއޮކްސްފޯޑް ޔުނިވަސިޓީ

Omega-Seamaster-2-use

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިސްޓެމެޓިކް ކަނޑުއަޑީގެ ދިރާސާއެއް ކުރަން ތައްޔާރުވެއްޖެ އެވެ.

Wamco

އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ދަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާ ބެހޭ ފުރަތަމަ ސިސްޓަމެޓިކް ސާވޭގައި އިސް ދައުރެއް އަދާކުރަމުންނެވެ. މިސާވޭގެ ސަބަބުން ކަނޑުތައް ހިމާޔަތްކުރާނެ އުސޫލުތަކެއް ކަޑައެޅުމަށް ދިވެހި ސަރުކާރަށް ފަސޭހަވެގެން ދާނެކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

ނެކްޓަން މޯލްޑިވްސް މިޝަން ނަމުން ނަންދީގެން ކުރިޔަށް ގެންދާ މި ދިރާސާކުރަން ނިންމާފައި ވަނީ 4 ސެޕްޓެންބަރ އިން ފެށިގެން 7 އޮކްޓޯބަރާ ހަމަޔަށެވެ. މި މިޝަންގައި އެންމެ ކުރިއަރާފައިވާ ދެ ސަބްމެރިނާއި ރޮބޮޓިކް އަދި އޮޓޮނޮމަސް ސިސްޓަމްތައްބޭނުން ކުރާނެކަމަށް އެޔުނިވާސިޓީން ވަނީ ބުނެފައެވެ. އަދި މީގެއިތުރުން މި މިޝަންގައި ތަފާތު 12 ރިސާޗް ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. މިއާއެކު މިއީ އިންޑިއާ ކަނޑުގައި މިހާތަނަށް ހިންގާ އެންމެ ފަންނީ ގޮތުން ކުރިއަރާފައިވާ މިޝަންއަށް ވެގެންދާނެއެވެ.

އެގޮތުން މިސާރވޭގައި އިސްކޮށް ހަރަކާތްތެރިވާނެކަމަށް ބުނެފައިވަނީ އެޔުނިވާރސިޓީގެ މެރިން ބަޔޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ލޫސީ ވުޑާލްއެވެ. ޕްރޮފެސަރ ވުޑާލް ވިދާޅުވީ މިއީ އެކަޑަމިކް އިންސްޓިޓިއުޝަންތަކާއި ރިސަރޗް ފައުންޑޭޝަންތަކާއި ސަރުކާރުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކޮށްދޭނެ މުހިންމު ޕޮރޮޖެކްޓެއްކަމަށެވެ.

މިސާރވޭގައި މިސަރަހައްދުގެ މުރަކަތަކަތަށް ހަލާކުވާން މެދުވެރިވާ ސަބަބުތައް އެނގިގެން ދާނެކަމަށް އެޔުނިވާރސިޓީގެ ސައިންސްވެރިން ބުނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ކަޑުތަގައި ދިރިއުޅޭ 40 ބާވަތުގެ މިޔަރާއި 18 ބާވަތުގެ މާޑީގެ މައުލޫމާތު ލިބިގެން ދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside