ގއ.ދާންދޫ އާއި އެ އަތޮޅު ވިލިނގިލިން ކޮވިޑް19 އަށް ޕޮޒިޓިވް ކޭސް ތަކެއް ފެނުމުން މޮނީޓަރިންގ އަށް ލައިފިއެވެ.
އެގޮތުން ދާންދޫ އިން ދެ މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު ވިލިނގިލިން އެކަކު ފައްސި ވެފައިވެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރއިން މައުލޫމާތު ދީފައިވާ ގޮތުގައި ދާންދޫ އާއި ވިލިނގިލިން ވެސް ކޮންޓެކްޓް ޓްރޭސިންގ މިހާރު ދަނީ ހަދަމުންނެވެ.
ވިލިނގިލީ މޮނީޓަރިންގެ ހާލަތައް ލެވިފައިވާއިރު، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް 19 އަށް ފައްސިވެފައިވުމުން ސްކޫލުގެ ބައިވަރު އިތުރު ދަރިވަރުންތަކަކާއި އިތުރު ތީޗަރުންނާއި އެދަރިވަރު ބައްދަލުވެފައިވުމުން، ސްކޫލުގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާ ސްކޫލް ބަންދުކޮށްފައިކަމަށް އެރަށު ކައުންސިލްއިން މައުލޫމާތު ދެއެވެ.
Post Views: 324