
ދެއްވަދޫ އަށް އެހީތެރިވުމަށް ތިނަދޫ ކައުންސިލުން ޚާއްސަ ހަރަކާތެއް
# ކޮވިޑް19# ގއ.ދެއްވަދޫ# ތިނަދޫ ކައުންސިލްGdh.Thinadhoo
ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ގއ.ދެއްވަދޫ ފުރަބަންދެއްގައި އޮތުމުން އެރަށު ގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ތިނަދޫ ކައުންސިލުން އިސްނަގައިގެން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިއަދު ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދެއްވަދޫގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަމަށެވެ.
ތިނަދޫ ކައުންސިލް އިދާރާގެ ރައީސް ސޮއި ކުރައްވާ ނެރުނު މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، އެހީ ގެ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ކޮވިޑް19 ހޮޓްލައިން ނަންބަރު 7938719 ނުވަތަ ކައުންސިލް ބިއުރޯ ނަންބަރު 7796732، 7647947 އަށް ގުޅުއްވުން އެދޭ ކަމަށެވެ.
ދެއްވަދޫގެ މަސްވެރިންނަށް މަހަށް ނުދެވުމުގެ ސަބަބުން އެ ރަށުން މަސްލިބުމަށް ވަނީ ދަތި ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އަދި ފިހާރަތަކުންވެސް މަސް ދަޅާ އަދި ޒަރޫރީ ސާމާނު ހުސްވެ ބޯފެން ލިބުމުގެ ދަތި ތަކެއްވެސް ވަނީ ކުރިމަތިވެފައެވެ.
ދެއްވަދޫ ކައުންސިލާއި ގއ.އަތޮޅު ކައުންސިލް ގުޅިގެން ބައެއް ޒަރޫރީ ސާމާނު ގެންދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި
ދެއްވަދޫ ކައުންސިލަށްވެސް ރައީސް ދެއްވީ ތަރައްޤީގެ ޔަގީންކަން!

ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސް 7 މީހަކު ފުރިހަމަކޮށްފި

250 އަށްވުރެ ގިނަ ބައިވެރިންނާއެކު ތިނަދޫ ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި
